Advertisement

ޓޫރިޒަމް ގާލާ ޑިނާގައި ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މާދަމާ ސަރުކާރު އޮފީސްތަކާއި ކެފޭތައް ހުޅުވަން ނިންމައިފި

FacebookTwitterWhatsAppTelegramViber

މާދަމާ ސަރުކާރު ހުރިހާ އޮފީސްތައް ހުޅުވަން ނިންމަައިފި އެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރހާިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އިން ފެށިގެން ކޮވިޑް19 އާއި ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެނސީ އޮޕަރޭޝަން

ސެންޓަރުން ކުރަމުން އައި މަސައްކަތް ނިމުމަކަށް އައިސް، ކެފޭ، ރެސްޓޯރަންޓް، އަދި ފިހާރަތަކާއި ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް ' ނިއު ނޯމަލް" ގެ ދަށުން އަލުން

ފަށާނެ ކަމަށެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އެންއޯއައިސީން ކުރަމުން އައި މަސައްކަތް މިނިސްޓްރީ އޮފް ހެލްތް ގެ ދަށުން ކުރުމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު އޭޕްރީލް 15 ވަނަ ދުވަހު މާލެ އިން ފެނުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ.

އެގޮތުން ސަރުކާރު އޮފީސްތަކާއި ، ވިޔަފާރިތަކާއި ހުރިހާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މި މަހުގެ 15 އިން ފެށިގެން ރއްޖޭގެ ބޯޑަރު ވަނީ ހުޅުވާލަން ނިންމާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top