Advertisement

ކްރައުން އެންޑް ޗަމްޕާގެ ހަތަރު ރިސޯޓެއް ސެޕްޓެމްބަރުގައި ހުޅުވާނެ

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލިޔަސް ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތައް ހުޅުވާނީ ސެޕްޓެމްބަރު މަހު ކަމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެގޮތުން އެ ކުނފުނީގެ ދަށުން ހިންގާ ހަރަތު ރިސޯޓެއް ސެޕްޓެމްބަރު އެކެއްގައި ހުޅުވުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން މީރު އައިލޭންޑް، ވިލަމެންދޫ، ވެލިގަނޑު އައިލޭންޑް ރިސޯޓްގެ އިތުރުން މާލެގައި ހިންގާ ޗަންޕާ ސެންޓްރަލް ސެޕްޓެމްބަރު އެކެއްގައި ހުޅުވުމަށް އެކުންފުނިން ވަނީ

ނިންމާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ އިން ބުނީ ދެން ހުރި ރިސޯޓްތައް ހުުވާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް ރިސޯޓުތައް ހުޅުވުމުގެ ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އެއއި އެކު ރާއްޖޭގެ ހުރިހާ ރިސޯޓެއް ވަނީ ބަންދުކޮށްފަ އެވެ. ކްރައުން އެންޑް ޗަންޕާގެ އިތުރުން

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގާ އަށް ރިސޯޓް ވެސް ޖުލައި މަހު ނުހުޅުވާނެ އެވެ. އެ ރިސޯޓްތައް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މިއަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ ދަށުން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާ ފަދަ ރިސޯޓްތައް ހިންގަނީ އެ ކުންފުނިންނެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވޭއިރު، ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން ގިނަ ރިސޯޓްތައް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓާ ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top