Advertisement

ކުޅުދުށްފުއްޓާއި އައްޑޫއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފަށަނީ

FacebookTwitterWhatsAppTelegramViber

ހދ. ކުޅުދުށްފުށިން އައްޑޫ ސިޓީ އަށް ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ދަތުރުތައް ފަށަން ތައްޔާރުވެ ޓިކެޓްގެ އަގު ހާމަކޮށްފަ އެވެ. އެގޮތުން އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ކޮންމެ ބުރާސްފަތި ދުވަހަކު ކުޅުދުއްފުއްޓާއި އައްޑޫއާ ދެމެދު ދަތުރު އޮންނައިރު، އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރު އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.

މިއީ ދެކުނުގައި އިގްތިސޯދީ ހަރަކާތް އިތުރު ކުރުމުގެ މަގުސަތުގައި، އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފަށާ ދަތުރުތަކެކެވެ.

މޯލްޑިވިއަން އިން ބުނީ އިތުރު ޑޮޮމެސްޓިކް ސެކްޓާތަައް ދެމެދުވެސް ސީދާ ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، މޯލްޑިވިއަން އިން މިހާރު ވަނީ މާދަމާ އިން ފެށިގެން ގދ. މާވަރުލު އެއާޕޯޓަށް ވެސް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމާފަ އެވެ.

މާދަމާ އިން ފެށިގެން ހުރިހާ ޑޮމެސްޓިކް ސެކްޓާ އަކަށް މޯލްޑިވިއަން އިން ވަނީ ދަތުރުތައް ފެށުމަށް ނިންމައި ޓިކެޓް ވިއްކަން ފަށާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top