ދިރާގުގެ ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ތ. ކިނބިދޫގައި މިއަދު ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ކިނބިދޫގައި ފަށާފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާއަކާ އެކު އެވެ. އަދި ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދޭނެ ރައުޓަ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން، މިހާރު ރާއްޖޭގެ ގޭބިސީގެ %85 އަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައި ވާއިރު، މީގެ ތެރޭގައި 102 ރަށެއް ހިމެނެ އެވެ.

މި އޮފާގެ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހުދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ. އެގޮތުން، ކަނޑޫދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.