އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

މި އޮފާތައް އިއުލާނުކޮށްފައިވަނީ މީޑިއާ ނެޓާއެކު މިއަދު މެންހެޓަން ބިސްނަސް ހޮޓެލްގައި ބޭއްވުނު ޕްރެސް ކޮންފެރެންސްއެއްގަ އެވެ.

އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ:

ވޯލްޑް ކަޕް ޕެކް

ވޯލްޑް ކަޕް ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250ރ އަށް ލިބެ އެވެ. އުރީދޫ މޮބައިލް އަދި ސުޕަނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކުރުމުން ފޯނަށް ލިބޭ ކޯޑް އެމް އެސް އެޕްގައި ޖެހުމުން މޮބައިލް އަދި ސުޕަނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓްތަކުގައި މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

ނޮވެމްބަރު 18، އިން ފެށިގެން އުރީދޫ އެޕް http://ore.do/app ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ.

ގަތަރު ރޯމިންގް ޕެކް

ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވާން ނުވަތަ ވޯލްޑް ކަޕްގެ ދުވަސްވަރުގައި ގަތަރަށް ދާ މީހުންނަށް ހާއްސަ ރޯމިންގް ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1،000ރ 1ޓީބީ ޑޭޓާ އުރީދޫ ގަތަރުގެ 4ޖީ އަދި 5ޖި ނެޓްވޯކްގައި ބޭނުންކުރެވޭނެ އެވެ. މިއީ ގަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައި ވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބޭނެ ޑޭޓާ ޕެކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ނޮވެމްބަރު 18 އިން ފެށިގެން އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ގޯލާ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް

ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޯރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތު ވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވޭނެ އެވެ. ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ. ޗާޖްކުރެވޭނެ އެވެ.

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައި ސީ ގިއާ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގޯލާ އެޕް ޑައުންލޯޑް ކުރުމަށް: http://ore.do/goalr

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް

އަގުހުރި އިނާމުތަކާއެކު މި ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައި. މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފަ އެވެ.

3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިއަށްދާނީ:

  • މާލެ ސިޓީ ގައި ހުން ވީއާރް ކެފޭ
  • ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ
  • ފުވައްމުލައް ސިޓީގެ ފުވައްމުލައް ސްޓޭޑިއަމް
  • އައްޑޫ ސިޓީ ގައި ހުންނަ އުރީދޫ ޝޮޕް

މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެ އެވެ.

ފޭން ޒޯން

އޮފާތަކާއި ޓޯނަމެންޓްތަކުގެ އިތުރުން މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ ކުންފުނިން ފޭން ޒޯންތަކެއް ތައްޔާރުކޮށްފައިވެ އެވެ. އާއިލާ އާއި ރައްޓެހިންނާއެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޯރީގައި ބަލާލުމުގެ ފުރުސަތު މި ފޭންޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެ އެވެ.

އުރީދޫ ފުޓްބޯލް ފޯރީގެ ދަށުން މިއަދު ތައާރަފް ކުރެވުނު އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/footballfoari ޒިޔާރާތްކޮށްލައްވާށެވެ.