Advertisement

އިއްތިހާދު އެއާވޭސް އިން ވެސް ޖުލައި 16 ގައި ރާއްޖެ އަށް ދަތުރުތައް ފަށަނީ

FacebookTwitterWhatsAppTelegramViber

އިއްތިހާދު އެއާވޭސް އިން ވެސް އަންނަ މަހުގެ 16 ވަނަ ދުވަހު އަލުން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ޔޫއޭއީގެ އަބޫ ދާބީ އަށް ނިސްބަތްވާ އެއާލައިން އިން، ޖުލައި 16 އިން ފެށިގެން ހަފްތާއަކު ދެ ފްލައިޓް ރާއްޖެ އަށް އޮޕަރޭޓް ކުރާނެ އެވެ.

ނޮވެމްބަރު 2011 ގައި ރާއްޖެ އަށް އުދުހެން ފެށި އިއްތިހާދުގެ ފްލައިޓްތައް ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން ދުވާލަކު ދެ ފްލައިޓް ރާއްޖެ އަށް ބާއްވާފައިވެ އެވެ. އޭގެ ތެރެއިން އެއް ފްލައިޓްގައި ބޭނުންކުރަމުން ދިޔައީ އެންމެ ފަހުގެ 787 ޑްރީމްލައިނާ ބޯޓެކެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާއިރު، 11 އެއާލައިނަކުން ސްލޮޓް ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެ އަށް ދަތުރުކުރި ހުރިހާ އެއާލައިނަކުން ވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖެ އަށް އަލުން އުދުހެން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޔޫއޭއީގެ ދުބާއީ އަށް ނިސްބަތްވާ އެމިރޭޓްސް އިން ވެސް ޖުލައި 16 ގައި ރާއްޖެ އަށް އަލުން ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.

އެމިރޭޓްސް އިން، ރާއްޖެ އަށް ހަފްތާއަކު ފަސް ދުވަހު ފްލައިޓެއް ބާއްވާނެ އެވެ. އެގޮތުން، ދުބާއީ-މާލެ ރޫޓްގައި އުދުހޭނީ ކޮންމެ އާދިއްތަ އަދި ހޯމަ ދުވަހެއްގެ އިތުރުން، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top