ހުޅުމާލޭގައި އިތުރު 1،000 ހައުސިން ޔުނިޓު އަޅަން ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ) ން އެޕޯލޯ ހޮލްޑިންއާ ހަވާލުކޮށްފި އެވެ.

މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެޕޯލޯ ހޯލްޑިގްސްއިން ހުށައެޅި ހުށަހެޅުމަށް އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ފްރޭމްވޯކް އެގްރިމަންޓެއްގައި ސޮއިކޮށް، އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް އަޅާނީ ފޭސް އެކަކާއި ދޭއްގައި. އެކަމަށް ބޭނުންވާ ބިންތައް ވެސް މިހާރު ވަނީ ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން އަޅާ ބައެއް ފްލެޓްތައް އެ ކުންފުނިން އަމިއްލައަށް ވިއްކާނެ ކަމަށެވެ. އަދި ބައެއް ތަންތަން ސަރުކާރާ ވެސް ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުހައިލް އަޙުމަދު ވިދާޅުވި މިހާރު ކުރަމުންދަނީ ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތްކަމަށެވެ.

"މީގެތެރޭގައި އެބަ ހިމެނޭ ކައުންސިލް ހައުސިން، އެފޯޑަބަލް ހައުސިން އަދި މިޑް ރޭންޖްގެ ހައުސިން. މަސައްކަތް ނިމުމުން ކައުންސިލް ހައުސިންގް ރޭންޖްގެ ފްލެޓްތައް ސަރުކާރުން ގަންނަ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ މިހާރު ކުރަމުންދަނީ ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި މޮޑެލްގައި އަޅާފައި މީގެ ކުރިން ހުޅުމާލޭގައި ހައުސިން ޔުނިޓް އަޅާފައެއް ނެތް. މި ޕްރޮޖެކްޓް ކުރިޔަށް ގެންދާނީ އެޕޯލޯގެ އަމިއްލަ ޚަރަދުގައި،" އޭނާ ވިދާޅުވި އެވެ.

އެޕޯލޯ އިން ހުޅުމާލޭގެ ފިތުރޯނުމަގު ގައި ވަނީ އަމިއްލަ އެޕާޓްމަންޓްތަކެއް ހަދައި، ވިއްކައިފަ އެވެ. އެތަނުގެ ބައެއް ތަންތަނުގައި މިހާރު މީހުން ވަނީ ބަދަލުވާން ފަށައިފަ އެވެ.