ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި "ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަ އެޑްވަޓައިޒިން ހަސަން ޝާރިހް ވިދާޅުވީ އަންނަ ހަފުތާގައި ގަތަރުގައި ބާއްވާ މި އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ފޯރިގަދަކޮށް ފާހަގަކުރާ އިވެންޓެއް ކަމަށެވެ. އެގޮތުން މި ކުޅިވަރު އީދާ ގުޅިގެން "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ކެމްޕެއިންގެ ޚާއްސަ ޕްރޮމޯޝަންތަކައި އޮފާތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުން ވަނީ މި މުބާރާތް ދިވެހިރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭން،" ޝާރިހް ވިދާޅުވި އެވެ.

ދިރާގުން ކުރިއަށް ގެންދާ "ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން އެކުންފުނިން ދިރާގު ޚިދުމަތްތަކާ ގުޅުވައިގެން ބޮޑު ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.

  • ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓާކުރެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ޓީމް ރެޖިސްޓާ ކުރެވޭނީ އެއް ފަހަރު އެވެ.
  • މެޖިކް ޑޭޓާ: 350 ރުފިޔާއަށް 25 ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ރެންޑަމްކޮށް 100 ޕަސެންޓާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބެ އެވެ. އަދި މި ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެވެ.
  • ޑަބަލް ޑޭޓާ: މި ކެމްޕެއިން މުއްދަތުގައި މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއް އަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބެ އެވެ.

ދިރާގުން ބުނިގޮތުގައި މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކު ވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެ އެވެ. "ގެސް ދަ ޕްލޭޔާ؟" ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒްގައި ބައިވެރިވެގެން ކޮންމެ ވެސް 5 ނަސީބުވެރިއަކަށް 3،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބެ އެވެ. އަދި މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއް ވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ވައިބާ އަދި ޓެލެގްރާމް ސްޓިކާ ޕެކެއް ވެސް ދިރާގުން ވަނީ ޑިޒައިންކޮށްފަ އެވެ.

"ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ޕްރޮމޯޝަންތަކާއެކު އެކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކާ ހަމައަށް ގެނެސްދީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.