މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ވިލާ ހަކަތާ އާއި ވިލާ ޓްރޭޑިން އިން އަގުހުރި އިނާމް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

"މަވެސް ބަލަން"ގެ ނަމުގައި މި ކެމްޕޭން ކުރިޔަށް ގެންދާނީ މުބާރާތް ކުރިޔަށްދާ ދުވަސްވަރާ ދިމާކޮށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިސެމްބަރު 18ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ތަފާތު ހަރަކާތްތައް ހިންގަން ރާވާފައިވެ އެވެ. އެގޮތުން ކަސްޓަމަރުން ބައިވެރިކޮށްގެން ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މިގޮތުން ފޮޓޯ ޗެލެންޖަކާއި ލަކީ ޑްރޯއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.

އެ ހަރަކާތްތަކުގެ ދަށުން ވިލާ މާޓުން ވިޔަފާރިކުރާ ފަރާތްތަކާއި ވިލާ ގޭސްގެ ކަސްޓަމަރުންގެ ތެރެއިން ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް އެއްވަނަ އިނާމުގެ ގޮތުގައި އައިފޯން 14 ޕްރޯ މެކްސްއެއް ދޭން ނިންމާފައިވެ އެވެ. އަދި ދެވަނަ އިނާމުގެ ގޮތުގައި ދެ މީހަކަށް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭއިރު ތިން ވަނަ އިނާމެއްގެ ގޮތުގައި ޑިސްކައުންޓް ވައުޗަރެއް ދޭން ވެސް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ ފޮޓޯ ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކަށް ގިފްޓް ހެމްޕާސް ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ވިލާ މާޓުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ބައެއް ބާވަތްތަކުން ޑިސްކައުންޓް ދޭން ނިންމާފައިވެ އެވެ. މިގޮތުން ޓޯނީސް ޗޮކްލެޓާއި ގާޑެންސް ބްރޭންޑްގެ ޖޭމުން ޑިސްކައުންޓް ދޭނެ ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ.

މީގެ އިތުރުން ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިންގެ ކަސްޓަމަރުންނަށް ސްކޯ ޝީޓް ވެސް ބަހަމުން ގެންދާނެ އެވެ.