Advertisement

މޯލްޑިވިއަން އިން އޮންލައިން ޗެކިންގެ ހިދުމަތް ތައާރަފްކޮށްފި

FacebookTwitterWhatsAppTelegramViber

މޯލްޑިވިއަން އިން އޮންލައިން ޗެކްއިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ގައުމީ އެއާލައިން އިން ބުނީ، ޑޮމެސްޓިކް ދަތުރުތަކުގައި ފުރުމުގެ 12 ގަޑިއިރު ކުރިން އޮންލައިން ޗެކިން ހުޅުވާލާނެ ކަމަށާއި ޗެކިން ބަންދުކުރާނީ ފްލައިޓް ފުރަން އޮންނަ ގަޑީގެ ހަތަރު ގަޑިއިރު ކުރިން ކަމަށެވެ. އިންޓަނޭޝަނަލް ދަތުރުތަކުގައި 48 ގަޑިއިރު ކުރިން އޮންލައިން ޗެކިން ހުޅުވާލާއިރު، ބަންދުކުރާނީ ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިންނެވެ.

އޮންލައިންކޮށް ޗެކިން ކުރުމުން، ޑޮމެސްޓިކް ދަތުރުތަކަށް ޑިޖިޓަލް ބޯޑިން ފާހެއް ލިބޭނެ އެވެ.

މޯލްޑިވިއަން އިން ބުނީ، އޮންލައިންކޮށް ޗެކިންވާ ފަސިންޖަރުން ޑިޕާޗާގެ 1 ގަޑިއިރު ކުރިން ލަގެޖް އެއާޕޯޓަށް ގެންގޮސް ޑްރޮޕް ކައުންޓަރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ޝެޑިއުލް ދަތުރުތަކެއް މެދުކަނޑާލާފައި އޮތުމަށް ފަހު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ހުރިހާ އެއާޕޯޓަކަށް އަލުން ދަތުރުތައް ވަނީ ފަށާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top