Advertisement

ނުރައްކާތެރި ބިޔުބޯނިކް ޕްލޭގް ކަމަށް ބެލެވޭ ކޭސްއެއް ޗައިނާއިން ފެނިއްޖެ

FacebookTwitterWhatsAppTelegramViber

ޗައިނާގެ އެތެރޭގައި އޮންނަ މޮންގޯލިއާގެ އަވަށަކުން ބިއުބޯނިކް ޕްލޭގް ކަމަށް ޝައްކުކުރެވޭ ކޭސްއެއް ރިޕޯޓުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތައް އެލާޓަށް އަތުވެއްޖެ އެވެ.

ބިއުބޯނިކް ޕްލޭގް އަކީ ނުރައްކާތެރި ބްލެކް ޑެތް ޕެންޑެމިކް މެދުވެރިކުރުވި ބައްޔެކެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އެއް ކަމަށްވާ ޒިންހުއާ ނިއުސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކޭސް ފެނިފައިވަނީ ބެއިޖިންގްގެ ހުޅަނގު އުތުރު ގައި އޮންނަ ބަޔާނުރް ސިޓީއިންނެވެ. މި ކޭސްގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރެވުމާއި އެކީ އެބޭފުޅުން ވަނީ ޕްލޭގް އިން ރައްކާތެރިވުމަށްޓަކައި އެ ސިޓީގައި ލެވެލް 3ގެ އެލާޓް ނެރެފަ އެވެ. މިއީ ހަތަރު ލެވެލް ހިމެނޭ އެލާޓް ސިސްޓަމްއެއްގެ ދެވަނަ އަށް އެންމެ ދަށް ލެވެލް އެވެ. ޒިންހުއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެލާޓް މިއަހަރު ނިމެންދެން ދެމިއޮންނާނެ އެވެ.

ދުނިޔޭގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ބަލި ޖައްސާ މި ޕްލޭގް ފެތުރެނީ ހަށިގަނޑުގައި ނަގާ ފިތްތަކެއް ޒާތުގެ އެއްޗަކުންނާއި އިންފެކްޓްވެފައި ތިބޭ ޖަނަވާރުންގެ ގައިންނެވެ. ބްލެކް ޑެތް ޕެންޑެމިކްގައި ޔޫރަޕުން 50 މިލިއަން މީހުން މަރުވެފައިވާ ކަމަށް ވެ އެވެ. އެހެން ނަމަވެސް ކުރިން ބަލި ހުރިކަން ދެނެގަނެވިއްޖެ ނަމަ މިހާރު ޒަމާނީ ބޭސްފަރުވާއިން އޭގެ އަސަރު ކުޑަކޮށްލާނެ ކަމަށް ބެލެވެ އެވެ.

ޕްލޭގްގެ ތިން ވައްތަރުގެ ތެރެއިން އެއްވައްތަރު ކަމަށްވާ ބިޔުބޯނިކް ޕްލޭގް ޖެހުމުން މީހާގެ ހުޅުތައް ދުޅަވެ ހުޅު ހުޅުގައި ރިއްސުމުގެ އިތުރުން ހުން އައިސް ކެއްސަ އެވެ.

ބަޔާނުރްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސިޓީގައި ގައިން ގަޔަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކެއުމަށާއި ނުވަތަ އެނޫންވެސް އެއްވެސް ބޭނުމަކަށް ޖަނަވާރު ޝިކާރަނުކުރަން އިލްތިމާސްކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ޗައިނާ ޑެއިލީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންސާނުންނަށް ޖެހޭ ޕްލޭގް އެއް ފެތުރުމުގެ ބިރު އެބައޮތް ކަމަށާއި އެހެން ކަމުން އަމިއްލަ ރައްކާތެރިކަން އިސްކޮށް، ބަލީގެ އާދަޔާހިލާފު އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ރިޕޯޓުކުރަން އެދިފަ އެވެ.

މީގެ އިތުރުން ބަޔާނުރްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަލިޖެހިފައިވާ ނުވަތަ މަރުވެފައިވާ މަރްމޮޓްއެއް ފެނިއްޖެ ނަމަ އަވަހަށް ރިޕޯޓުކުރަން އެދިފަ އެވެ. ސްކުއިރަލް އާއިލާއަށް ނިސްބަތްވާ މަރްމޮޓަކީ ޗައިނާ އާއި އަވައްޓެރި މޮންގޯލިއާގެ ބައެއް ހިސާބުތަކުގެ މީހުން ކާން ބޭނުންކުރާ ޖަނަވާރެކެވެ. އަދި ތާރީހުން ފެންނަ ގޮތުން މިއީ ޕްލޭގް އައުޓްބްރޭކް ތަކަށް މަގުފަހިކުރުވާ ޖަނަވާރެކެވެ.

1911 ވަނަ އަހަރު ކުރިމަތިވި ނިއުމޯނިކް ޕްލޭގް އެޕިޑަމިކްއަކީ ވެސް މަރްމޮޓުން ފެތުރުނު ބައްޔެއް ކަމަށް ބެލެވިފައިވާ އިރު އެ ފަހަރު ބަލި ޖެހިގެން ޗައިނާގެ އިރުއިތުރު ސަރަހައްދުތަކުން 63،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

މި އެޕިޑެމިކް އަހަރެއް ތެރޭ ކޮންޓްރޯލް ކުރެވުނު ނަމަވެސް މަރްމޮޓް އާއި ގުޅުންހުރި ޕްލޭގްތައް އެއްކޮށް ނައްތާލެވިފައެއް ނުވެ އެވެ. މިދިޔަ ހަފްތާގެ ތެރޭގައިވެސް މޮންގޯލިއާއިން އެއްބަނޑު އެއްބަފާ ދެބެއިން ވަނީ ބިޔުބޯނިކް ޕްލޭގް ޖެހިފަ އެވެ. އަދި މި ދެބެއިން ވެސް ވަނީ މަރްމޮޓްގެ މަސްކައިފައި ކަމަށް ޒިންހުއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައިވެސް މަރްމޮޓްގެ ކިޑްނީއެއް ރޮލާ ކެއުމުގެ ސަބަބުން ބިޔުބޯނިކް ޕްލޭގެ ޖެހި، މޮންގޯލިއާގެ ދެމަފިރިއަކު ވަނީ މަރުވެފަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މަރްމޮޓްގެ ކިޑްނީއަކީ ސިއްހަތު ރަނގަޅުކޮށް ބަހައްޓައިދޭ އެއްޗެކެވެ.

-ސީއެންއެން

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top