Advertisement

ސްޓޭކޭޝަންތަކުން ސިންގަޕޯ ޓޫރިޒަމް ވެއްޓިފައިވާ އަނދަވަޅުން އަރައިނުގަނެވޭނެ

FacebookTwitterWhatsAppTelegramViber

އަވަސް މުސަތަގުބަލެއްގައި އިންޑޮނޭޝިއާ ރައްޔިތުންނަށް ޖަކާޓާއިން ބާލީގެ ގޮނޑުދޮށްތަކަށް ޗުއްޓީހޭދަ ކުރުމަށް ދެވޭނެ އެވެ. ޓޯކިޔޯގެ ރައްޔިތުންނަށް ޕެންޑެމިކްގެ ހާސްކަން ފިލުވާލުމަށް ފުޖީ ފަރުބަދަތަކަށް ހައިކިން އަށް ދެވިދާނެ އެވެ. ނިއުޔޯކުގައި ދިރިއުޅޭ މީހުން ލޯންގް އައިލެންޑްގައި އޮންނަ ހެމްޕްޓަންސް އަށް ދެވޭނެ އެވެ. ހައްތަހާވެސް ޑޮމެސްޓިކް ފަތުރުވެރިކަމެވެ.

ނިއުޔޯކަށް ވުރެ ކުޑަ ސިޓީއެއް ކަމަށްވާ ސިންގަޕޫރުގައި ދިރިއުޅޭ މީހުންނަށް އޮތީ މިފަދަ މަދު ފުރުސަތުތަކެކެވެ. އަދި މީގެ ނޭދެވޭ އަސަރު އެ ގައުމުގެ އިނދަޖެހިފައިވާ ފަތުރުވެރިކަމަށް ކުރާނެ އެވެ. ބޭރުގައުމުތަކުން އަންނަ މީހުންނަށް ބޯޑަރުތައް ބަނދުކޮށްފައިވާ އިރު މިދިޔަ އަހަރު $20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފަތުރުވެރިކަމުގެ ސިނާއަތުގައި އުފެދިފައިވާ ހުސްކަން ފުރުމަށް ހޮޓެލް ތަކާއި ރިސޯޓްތައް މިހާރު ބަރޯސާވެގެންވަނީ "ސްޓޭކޭޝަނާސް" ނުވަތަ އެ ގައުމުން ބޭރަށް ނުގޮސް ޗުއްޓީ ހޭދަކުރާ މީހުންގެ މައްޗަށެވެ.

"ބައިނަލްއަގްވާމީ ވިޔަފާރިތަކަށް އެނބުރި ނުދެވެންޏާ ހޮޓެލް އިންޑަސްޓްރީ އެއްކޮށް ހުއްޓުމަކަށް އައިސްދާނެ. އެއީ އަހަރެމެންގެ 90% ބުކިންސް އަކީ ބައިނަލްއަގްވާމީ ދަތުރުވެރިން ކަމަށްވާތީ ،" ސިންގަޕޫރުގެ އެންމެ ބޮޑު ހޮޓެލް ވިޔަފާރި ކަމަށްވާ އެކޯރްސްގެ އޭޝިއާ-ޕެސިފިކް ޔުނިޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ، މައިކަލް އިސެންބާގް ވިދާޅުވި އެވެ.

ޕެންޑެމިކްއާއި އެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިކަން ވެސް ދަށަށް ގޮސްފައިވީނަމަވެސް މިހާރު މަދު މަދުން ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ހުއްދަ ދެމުންގެންދާތީ އޮސްޓްރޭލިއާ އަދި ވިއެޓްނާމް ފަދަ ހިސާބުތަކުގެ އެއާލައިންތަކާއި ހޮޓެލްތަކުގެ ވިޔަފާރިއަށް ވަނީ ކުޑަ ކުރިއެރުމެއް އައިސްފަ އެވެ.

އެހެން ނަމަވެސް ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް މާ ބޮޑު ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އެ ގައުމުގެ ހޮޓެލް ތަކަށް ޑޮމެސްޓިކް ފަތުރުވެރިން އައުމަށް ހުއްދަ ހޯދުމަށް އެދުމަށް ފެހި ސިގްނަލް ލިބިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެހެން ނަމަވެސް އަމިއްލަ ގައުމުގެ ހޮޓެލްއަކަށް ފައިސާތަކެއް ހޭދަ ކުރުމުގެ ބަދަލުގައި ގިނަ މީހުން ބޭނުންވަނީ ބޯޑަރުތައް ހުޅުވާލުމުން މެލޭޝިއާ އަދި ތައިލެންޑްފަދަ މަންޒިލްތަކަށް ޒިޔާރަތްކުރުމަށެވެ.

5.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި 2 މަސްދުވަހުގެ ފުރަބަންދަކަށް ފަހު އަލުން ހުޅުވާ އިގްތިސާދު އަލުން ފަށައިގެނަފައި ވާއިރު އަދިވެސް ގިނަ ބޯޑަރުތައް ހުރީ ބަންދުކޮށްފަ އެވެ. އެޕްރިލް މަހުގެ ތެރޭގައި ސިންގަޕޫރަށް ޒިޔާރަތްކޮށްފައި ވަނީ ބޭރުގެ 750 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.6 މިލިއަން ފަތުރުވެރިން ސިންގަޕޫރަށް ޒިޔާރަތްކުރި އެވެ.

"ކުރު މުއްދަތެއްގެ ތެރޭގައި ހޮޓެލްތަކާއި ރެސްޓޯރެންޓް އަދި ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލްތަކަށް "ސްޓޭކޭޝަނާސް"ގެ މަގުބޫލުކަން ހޯދިދާނެ ގޮތްތައް ބަލާ އެގޮތަށް އަމަލުކުރަން ފަށާނެ. އެހެން ނަމަވެސް އަހަރެމެންގެ ޑޮމެސްޓިކް މާކެޓް ސައިޒް ކުޑަވުމުން މިއީ ދެމެހެއްޓެނިވި ކޮށް ދިގު މުއްދަތަށް ވާނެ ކަމަކަށް ނުވެދާނެ،" އޯވަސީ-ޗައިނީސް ބެންކިން ކޯޕަރޭޝަންގެ ޓްރެޝަރީ ރިސާޗް އެންޑް ސްޓްރެޓްޖީ- ސެލީނާ ލިންގް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކުރިއަރާނެ ކަމަށް ލަފާކުރެވިފައިވަނީ 2022 ވަނަ އަހަރު ކަމަށާއި އެކަން ބިނާވެގެންވަނީ ގައުމުތަކުން ވައިރަހުގެ ދެވަނަ ރާޅުއަޔަ ނުދީ ކޮންޓްރޯލްކޮށް، އަދި ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމުން ކަމަށް ސިންގަޕޫރުގެ ނެންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަސިޓީގެ މާކެޓިން ލެކްޗަރާއެއް ކަމަށްވާ ވޮންގް ކިންގް ޔިން ވިދާޅުވި އެވެ.

އެނާ އިތުރަށް ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަންނައިރު ޑޮމެސްޓިކް ފަތުރުވެރިކަމަކީ މިވަގުތަށް އޮތް ހައްލެއް ކަމުގައި ވިޔަސް ދިގު މުއްދަތަކަށް "ސްޓޭކޭޝަން" ތަކަށް ސިނާއަތް ބަރޯސާނުވެވޭނެ އެވެ.

-ސްޓްރެއިޓްސް ޓައިމްސް

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top