Advertisement

ޔޫރޯ ޒޯނުގެ ރިސެޝަން ކުރިން ލަފާކުރެވުނު ވަރަށް ވުރެ ފުނަށް ވެއްޓޭނެ

FacebookTwitterWhatsAppTelegramViber

ޕެންޑެމިކްއާއި ގުޅިގެން ޔޫރޯޒޯނުގެ އިގްތިސާދު ރިސެޝަންއަކަށް ދާނެ ކަމަށް ކުރިން ލަފާކުރެވިފައިވާ މިންވަރަށްވުރެ ފުނަށް ދާނެ ކަމަށް ޔޫރަޕިއަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެގޮތުން މި ބްލޮކްގެ އިގްތިސާދު 2021 ވަނަ އަހަރު 6.1% އަށް ކުރިއެރުމުގެ ކުރިން 8.7% ގެ ރިކޯޑް މިންވަރަކަށް ވެއްޓޭނެ ކަމަށް މިހާރުވަނީ ބެލެވިފަ އެވެ. މީގެ ކުރިން ލަފާކުރެވުނު ގޮތުގައި އިގްތިސާދު ވެއްޓޭނީ 7.7% އަށެވެ. އަދި 2021 ވަނަ އަހަރު ކުރިއަރާނީ 6.3% އަށެވެ.

އީސީ އިން އިތުރަށް ބުނެފައިވާ ގޮތުގައި މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ފްރާންސް، އިޓަލީ އަދި ސްޕެއިން އަށެވެ.

އީސީގެ ލަފާކުރުންތައް އަލުން މުރާޖަޢާ ކުރެވިފައިމިވަނީ އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އެ ގައުމުގެ އިގްތިސާދީ ހާލަތާއި މެދު ކަންބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ ސަބަބުން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުން ވަނީ ފަސްކޮށްފަ އެވެ.

ކޮމިޝަންގެ ވަލްޑިސް ޑޮމްބްރޯވްސްކިސް ވިދާޅުވެފައިވާ ގޮތުގައި ފުރަބަންދުގެ ސަބަބުން އިގްތިސާދަށް ކުރިން ހީކުރެވުނު ވަރަށްވުރެ މާބޮޑު ގެއްލުންތައް ވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން މީގެ ކުރިން ލަފާކުރި އަދަދުތައް މުރާޖައާކުރަން ނިންމީ ވައިރަހުގެ ސަބަބުން ޔޫރޯޒޯނުގެ ގިނަ ގައުމުތަކުގައި އަޅާފައިވާ ފުރަބަންދުގެ އަމުރުތައް އުވާލުމުގެ މަރުހަލާ، ހީކުރިވަރަށްވުރެ ލަސްވަމުން ދިއުމާއި ގުޅިގެންނެވެ.

-ބީބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top