Advertisement

ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރެވޭ ހޭދަ ބިލިއަނަކަށް ވުރެ މައްޗަށް!

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް މިހާތަނަށް ހޭދަކުރި ޖުމްލަ އަދަދު 1.03 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ކޮވިޑް-19 ގެ ހަރަދުތަކުގެ ތަފްސީލްތަކުގައިވާ ގޮތުން، މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ވަނީ ޖުމްލަ 1.028 ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ވަނީ ޖުމްލަ 963.6 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ. އެހެންކަމުން، އެއް ހަފްތާގެ ތެރޭގައި ހަރަދުތައް ވަނީ 5.4 އިންސައްތަ އިތުރުވެފަ އެވެ.

"ޖުމްލަ ހަރަދުގެ 55.3 އިންސައްތަ އަކީ މިހާތަނަށް ފައިސާ ނުދައްކާ ހުރި ޕާޗޭސް އޯޑަރުތަކާއި އިންވޮއިސްތަކެވެ،" ފިނޭންސްގެ ރިޕޯޓްގައިވެ އެވެ.

މިހާތަނަށް ހަރަދުތައް ކޮށްފައިވަނީ:

  • ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީގެ ބަޖެޓުން: 66.59 މިލިއަން ރުފިޔާ
  • ހެލްތު މިނިސްޓްރީގެ ބަޖެޓުން: 16.2.6 މިލިއަން ރުފިޔާ
  • އައިޖީއެމްއެޗްގެ ބަޖެޓުން: 29.5 މިލިއަން ރުފިޔާ
  • ޕްލޭނިން މިނިސްޓްރީގެ ބަޖެޓުން: 29.1 މިލިއަން ރުފިޔާ
  • އެމްއެންޑީއެފްގެ ބަޖެޓުން: 12.5 މިލިއަން ރުފިޔާ
  • އެންސްޕާގެ ބަޖެޓުން: 4.8 މިލިއަން ރުފިޔާ
  • ފޮރިން މިނިސްޓްރީގެ ބަޖެޓުން: 3.8 މިލިއަން ރުފިޔާ
  • ޖެންޑާ މިނިސްޓްރީގެ ބަޖެޓުން: 1.9 މިލިއަން ރުފިޔާ
  • ފުލުހުންގެ ބަޖެޓުން: 1.8 މިލިއަން ރުފިޔާ
  • ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން: 1.6 މިލިއަން ރުފިޔާ
  • އިމިގްރޭޝަންގެ ބަޖެޓުން: 0.3 މިލިއަން ރުފިޔާ
  • ނެޝެނަލް ޑްރަގް އެޖެންސީގެ ބަޖެޓުން: 0.2 މިލިއަން ރުފިޔާ
  • ޑިޒާޒްޓާ މެނޭޖުމަންޓް ފަންޑުން: 84.1 މިލިއަން ރުފިޔާ
  • ޓޫރިޒަމް އެކްޓިވިޓީ އިމްޕްލިމެންޓިން ފަންޑުން: 27.5 މިލިއަން ރުފިޔާ
  • ޒަކާތު ފަންޑުން: 3 މިލިއަން ރުފިޔާ

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ދާއިރާތަކަކީ:

  • ޕީޕީއީ އަދި ޓެސްޓް ކިޓާއި އެ ނޫން ވެސް ސިއްހީ ދާއިރާގައި އާންމުކޮށް ބޭނުންކުރާ ތަކެތި ގަތުމަށް: 478.7 މިލިއަން ރުފިޔާ
  • ވެންޓިލޭޓަރާއި ހޮސްޕިޓަލް އެނދު ފަދަ ތަކެތި ގަތުމަށް: 194.7 މިލިއަން ރުފިޔާ
  • އަސާސީ ކާނާގެ ބާވަތްތައް ގަތުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް: 114.7 މިލިއަން ރުފިޔާ
  • އާންމު ހަރަދުތައް: 74.3 މިލިއަން ރުފިޔާ
  • އެހެނިހެން ސިއްހީ ސާމާނު ހޯދުމަށް: 71.5 މިލިއަން ރުފިޔާ
  • މެޑިކަލް، އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީތައް ހެދުމަށް: 59.5 މިލިއަން ރުފިޔާ
  • މަރާމާތާއި މެއިންޓެނަންސަށް: 16 މިލިއަން ރުފިޔާ
  • ދަތުރުފަތުރަށް: 18.7 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ވަނީ، ކޮވިޑް-19 އަށް ކުރެވޭ ހަރަދުތަކުގެ ތަފްސީލް ހަފްތާއަކު އެއްފަހަރު އާންމުކުރަން ނިންމާފަ އެވެ.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ކޮވިޑް-19އާ ގުޅިގެން ކުރާ ހަރަދުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އަމަލު ކުރާނެ ގޮތުގެ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގައި މިހާތަނަށް 2،501 މީހަކަށް ކޮވިޑް-19 ޖެހުނުއިރު، އޭގެ ތެރެއިން 2،158 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 12 މީހަކު ވަނީ މަރުވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top