ހުޅުމާލޭގައި 162 ހައުސިން ޔުނިޓް އަޅަން ރެއިންބޯ މެގަ ޑިވެލޮޕާސް ހަވާލުކޮށްފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމެންޓް"ގެ ދަށުން ތަރައްގީކުރުމަށް، ކުރިން މެގަ އިންފްރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި "އިވާ ޕްރޮޖެކްޓް ޑީޑް އޮފް އެސްއިންމެންޓް"ގެ ދަށުން ރެއިންބޯ މެގަ ޑިވެލޮޕާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.

އެޗްޑީސީން ބުނީ މިޑްރޭންޖް ހައުސިންގްއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ ދަށުން 162 ހައުސިން ޔުނިޓް ތަރައްގީކުރާނެ ކަމަށެވެ.

ރެއިންބޯ މެގަ ޑިވެލޮޕާސްއަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރިއިވެޓް ލިމިޓެޑްގެ މެދުގައި އުފައްދައިފާވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.

ހުޅުމާލޭގައި އާ ރެސިޑެންޝަލް ބިލްޑިންގެއް އަޅަން ރެއިންބޯއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން ދެ އަހަރުގެ ތެރޭގައި އެތަން ނިންމަން ޖެހޭ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް މިޑްރޭންޖް ހައުސިންއަށް ޙާއްޞަ ކުރެވުނަސް ލަގްޒަރީ ޕްރޮޕަޓީއަކުން ލިބޭ ސުވިމިންގް ޕޫލް، ޖިމް ފަދަ ގިނަ ވަޞީލަތްތަކެއް ހިމެނޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިމަގުގައި އިތުރުކޮށް، އެފަދަ މަޝްރޫއުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގައި ވެސް އެކިފަންތިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްއެ ކުންފުނިން ބުންޏެވެ.

މިގޮތުން "ކޯ ލިވިން" ކޮންސެޕްޓުގައި، ވަޒީފާ އަދާކުރުމަށް މަލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދާނީއެއް ލިބޭ މީހުންނާއި ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާކުދިންނަށް ޙައްޞަކޮށްހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.