Advertisement

ވީއައިއޭގެ އެއާލައިން އޮފީސްތަކާއި ޓޫރިސްޓް ކައުންޓަރުގެ ކުލިން ޑިސްކައުންޓް

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގާ އެއާލައިން އޮފީސްތަކާއި ގުދަނާއި އެ ނޫން ވެސް ބައެއް ތަންތަނުގެ ކުލިން ޑިސްކައުންޓް ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ވީއައިއޭގައި ހިންގާ އެއާލައިން އޮފީސް، އެއާލައިން އިންޖިނިއަރިން އޮފީސް އަދި ސްޓޯރޭޖް ސްޕޭސް އާއި އެހެނިހެން އޮފީސް ޖާގަ އަދި ޓެލެކޮމް އައުޓްލެޓުތަކުގެ ކުލިން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން:

  • މާޗު މަހުން ފެށިގެން 15 ޖުލައިގެ ނިޔަލަށް: 50 އިންސައްތަ
  • 15 ޖުލައި އިން 15 އޮކްޓޯބަރުގެ ނިޔަލަށް: 25 އިންސައްތަ

މީގެ އިތުރުން، ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކުގެ ކުލިން ވެސް 1 މާޗުން 15 ޖުލައިގެ ނިޔަލަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފައިވެ އެވެ. އަދި ރިސޯޓް ޕެވިލިއަންތަކުގެ ކުލިން 16 ޖުލައި އިން 15 އޮކްޓޯބަރުގެ ނިޔަލަށް 25 އިންސައްތަ ޑިސްކައުންޓް ދޭން ވަނީީ ނިންމާފަ އެވެ.

އެމްއޭސީއެލް އިން ބުނީ، މިހާތަނަށް ދައްކާފައިވާ ކުލިތަކުގެ ތެރެއިން ޑިސްކައުންޓަށްވާ ބައި މައާފު ކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނީގެ ހައިސިއްޔަތުން މި ކުންފުނީގެ ކަސްޓަމަރުންނަށް މި ދަނޑިވަޅުގައި ލުޔެއް ދޭން ވަނީ ނިންމާފަ އެވެ. ކުންފުނީގެ ކާމިޔާބީގެ އެއް އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކަމަށްވާ އެއާލައިންތައް ކަމަށްވާއިރު، ކޮވިޑް-19 އާއެކު އެއާލައިންތަކަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.

އެމްއޭސީއެލް އިން ކުރިން ވަނީ ރާއްޖެ ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިންތަކަށް ވެސް އެއާޕޯޓްގެ ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ނިންމާފަ އެވެ.

މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އިއްުޔެ ވަނީ އަނެއްކާ ވެސް ބޯޑަރު ހުޅުވާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top