ދިރާގު ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކުރިއަށްގެންދާ "ގެސް ދަ ޕްލޭޔަރ؟" ކުއިޒްގައި ބައިވެރުވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

"ދިރާގު ފުޓުބޯޅަ އީދު"ގެ ދަށުން ކުރިއަށްގެންދާ މި ޕޮރޯމަޝަންގައި ބައިވެރިވުމަށް ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ގެސްކުރުމަށްފަހު ދިރާގުގެ ޓުވިޓާ، އިންސްޓަގްރާމުްނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓް ކޮށްގެން ބައިވެރިވެވޭނެ އެވެ.

ދިރާގުން ބުނީ މި ކުއިޒް ކުރިއަށްގެންދާނީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު ވޯލްޑް ކަޕް ފުޓުބޯޅާ އީދުގެ މުއްދަތުގައި ކަމަށެވެ. މި ފަސް ބުރުން ކޮންމެ ބުރެއްގައި ވެސް ވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއިން ކޮންމެ ފަރާތަކަށް ވެސް ސޮނީ ސްޕޯޓްސްގެ 3،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. މީގެ އިތުރުން ހުރިހާ ބުރެއްގެ ބައިވެރިންތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ސޯޝަލް މީޑިއާ ކުއިޒްގެ އިތުރުން ދިރާގުން ދަނީ އެ ކުންފުނީގެ "ދިރާގު ފުޓުބޯޅަ އީދު"ގެ ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން "ޖެހީ ލިބުނީ" ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށް ވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެ އެވެ. އަދި މީގެ އިތުރުން ދިރާގުން ވަނީ ވައިބާ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ އެނިމޭޓަޑް ސްޓިކާ ޕެކެއް ވެސް ލޯންޗުކޮށްފަ އެވެ.

މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://bit.ly/3XeNFd9 ލިބޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ މި ފުޓުބޯޅަ އީދު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފޯރިގަދަކޮށް އަގުހުރި އޮފާރތައް މެދުވެރިކޮށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށްދުނުމަށެވެ.