Advertisement

އެމިރޭޓްސް އާއި އިއްތިހާދުން ރާއްޖެ އަށް އަލުން ދަތުރުކުރަން ފަށައިފި

FacebookTwitterWhatsAppTelegramViber

ޔޫއޭއީގެ މައި ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އިން، ގާތްގަނޑަކަށް ހަތަރު މަސްދުވަހަށް ފަހު ރާއްޖެ އަށް އަނެއްކާ ވެސް ދަތުރުތައް ފަށައިިފި އެވެ.

އެމިރޭޓްސް އިން ރާއްޖެ އަށް ދަތުރު ފަށާފައި ވަނީ، ރާއްޖޭގެ ބޯޑަރު މިދިޔަ ބުދަ ދުވަހު އަލުން ހުޅުވުމާއެކު، ބުރާސްފަތި ދުވަހު އެވެ. އަދި އިއްތިހާދުން ދަތުރުތައް ފަށާފައި ވަނީ އިއްޔެ އެވެ.

އެމިރޭޓްސް އިން އަލުން ދަތުރުތައް ފެށިއިރު، ރާއްޖެ އަށް ހަފްތާއަކު ފަސް ދުވަހު ފްލައިޓެއް ބާއްވާނެ އެވެ. އެގޮތުން، ދުބާއީ-މާލެ ރޫޓްގައި އުދުހޭނީ ކޮންމެ އާދިއްތަ އަދި ހޯމަ ދުވަހެއްގެ އިތުރުން، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

އިއްތިހާދުން ހަފްތާއަކު ދެ ފްލައިޓް ރާއްޖެ އަށް އޮޕަރޭޓް ކުރާނެ އެވެ.

މި ދެ އެއާލައިން އިން ރާއްޖެ އަށް ދަތުރުކުރުން މެދުކަނޑާލީ، މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވާއިރު، މި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ހަތަރު އެއާލައިނަކުންނެވެ. އެއީ، އެމިރޭޓްސް އާއި އިއްތިހާދުގެ އިތުރުން، ގަތަރު އެއާވޭސް އަދި ސްރީ ލަންކަން އެއާލައިންސް އިންނެވެ. އޭގެ ތެރެއިން، ގަތަރު އަދި ސްރީ ލަންކަން އިން ވަނީ ބޯޑަރު ހުޅުވި ދުވަހު ރާއްޖެ އަށް ދަތުރުތައް ފަށާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top