މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ގުޅުވައިގެން "ފުޓުބޯޅަ ފޯރީގެ" ނަމުގައި އުރީދޫން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނި ގޮތުގައި މި ހަވީރުގައި އުރީދޫގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރި ވާނެ އެވެ. އިވެންޓް އޮންނާނީ އާޓިފިޝަލް ބީޗުގެ ފޭން ޒޯނުގަ އެވެ.

އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށް ފުޓުބޯޅައާ ގުޅުން ހުރި އެކި ކުޅިވަރުތައް ވަނީ ރާވައިފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ. އޭގެ ތެރޭގައި މިނީ ގޯލު ޝޫޓާއި، ހެޑިން ޗެލެންޖާއި، ޕެނަލްޓީ ޝޫޓް އަދި 2 އޮން 2 ޗެލެންޖު ހިމެނެ އެވެ.

އެ ހަރަކާތް ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އުރީދޫން އެކި ފޭން ޒޯނުތަކުގައި އެކި ހަރަކާތްތައް އަންނަނީ ރާވަމުންނެވެ. އެގޮތުން އުރީދުން މިފަހުން ވަނީ މެޗުތައް ކުރިއަށްދާ ވަގުތު ހުޅުމާލޭގައި ހުންނަ ރިއޯ ބީޗު ކެފޭ އާއި މާލޭގައި ހުންނަ ސީހައުސް މޯލްޑިވްސް ކެޕޭއިން ހިލޭ ކޮފީ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ.