އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވައިގެން ގދ. ފަރެސްމާތޮޑާ، ބާޚިރާ ދޯނި އާ ރިކޯޑެއް ހަދައިފި އެވެ.

މިފްކޯއިން ބުނީ ގދ. ފަރެސްމާތޮޑާ، ބާހިރާ ދޯނިން 58.6 ޓަނުގެ މަސް ކިރާ، އެއް ދުވަހުން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އަދި އެ ދޯނިން ވަނީ އެއްދުވަހެއްގެ ދޯށީގެ މަސްވެރިކަމުގެ އާ ރިކޯޑެއް ހަދާފައި ކަމަށްވެސް މިފްކޯއިން ބުނެ އެވެ.

ބާޚިރާ ދޯނި މަސްކިރުވުމުގެ އާ ރިކޯޑެއް ހަދާފައިވާއިރު މިދިޔަ އޮކްޓޯބަރު މަހު އެދޯނި ވަނީ ކޫއްޑުއަށް 51.9 ޓަނުގެ މަސް ކިރާފަ އެވެ. އަދި އެފަހަރު ކިރި މަހަށް 882،674 ރުފިޔާ ވަނީ ލިބިފަ އެވެ.

ބާހިރާ ދޯނިން މީގެ ކުރިން ވެސް ވަނީ ގިނަ އަދަދުތަކުން މަސް ކިރާފަ އެވެ.

ބަހީރާ ދޯނީގެ އިތުރުން ގދ. މަޑަވެލީ ޓީއެސް ދޯންޏަކީ ވެސް ގިނަ އަދަދެއްގެ މަސް ބާނާ ދޯންޏެކެވެ.