އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެސްޑީއެފްސީން ބުނީ މިމަހުން ފެށިގެން އެކުންފުނިން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެސްޑީއެފްސީން ބުންޏެވެ.

ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އަހަރު ނިމުމާއި ގުޅިގެން ނިންމަންޖެހޭ ކަންތައްތައް އޮތުމާއި އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށެވެ.

އެސްޑީއެފްސީން ބުނީ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގައި އެސްޑީއެފްސީއަކީ މިސަރުކާރުގެ އެއް ވައުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.