ދިރާގުގެ ސީއެސްއާރްގެ ދަށުން މުޖުތަމަޢު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އަށް އިންކްލޫސިވް ކޮމިއުނިޓީ އިވެންޓްތަކެއް ބާއްވަން އެއްބާރުލުންދީފި އެވެ.

މި އިވެންޓްތައް ކުރިއަށް ގެންގޮސްފައިވަނީ އއ. އުކުޅަހާއި ކ. ގުރައިދޫގައި މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައެވެ.

އއ. އުކުޅަހުގައި ބީވީއައިއެސްއެމް އިން ހަރަކާތްތައް ހިންގާފައިވަނީ 2 ޑިސެންބަރުގައެވެ. މިގޮތުން އެރަށުގެ ރައްޔިތުންނަށާއި ރަށުގެ އިސްވެރިންނަށް އަމާޒުކޮށްގެންވަނީ ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ކުޑަކުދިންގެ ހަވީރެއްވެސް ހިމެނެ އެވެ.

އެމްޑީއޭގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގައި، އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) ގެ ބައިވެރިވުމާއެކުގައެވެ. މިގޮތުން އެމްޑީއޭ އާއި އެޗްއެސްޕީއެންގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ވަނީ ހިންގާފަ އެވެ. އަދި ޚާއްސަ ކޮމިއުނިޓީ ފެސްޓިވަލެއްވެސް ވަނީ ބާއްވައިފަ އެވެ. މި ހަރަކާތްތަކުގެ މަޤްސަދަކީ ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އެކި ފުރުސަތުތައް ފަހިކޮށްދީ އެކި ހަރަކާތްތަކުގައި އެފަރާތްތައް ޝާމިލުވުމަށް މަގުފަހިކޮށްދިނުމެވެ.

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.