ވިލާ ގޭހަށް އޯޑަރުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"މަވެސް ބަލަން"ގެ ނަމުގައި މި ކެމްޕޭން ކުރިޔަށް ގެންދާނީ މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ނޮވެމްބަރު 20 އިން ފެށިގެން ޑިސެމްބަރު 18ގެ ނިޔަލަށެވެ.

ވިލާ ގޭސް އިން ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި މިމަހުގެ ތެރޭގައި ގޭހަށް އޯޑަރު ދޭ ކަސްޓަމަރުން އަދި ވިލާ ގޭހަށް ބަދަލުވާ ކަސްޓަމަރުންނަށް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެ ހަރަކާތްތަކުގެ ދަށުން ވިލާ ގޭސްގެ ކަސްޓަމަރުންގެ ތެރެއިން ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް އެއްވަނަ އިނާމުގެ ގޮތުގައި އައިފޯން 14 ޕްރޯ މެކްސްއެއް ދޭން ނިންމާފައިވެ އެވެ. އަދި ދެވަނަ އިނާމުގެ ގޮތުގައި ދެ މީހަކަށް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭއިރު ތިން ވަނަ އިނާމެއްގެ ގޮތުގައި ޑިސްކައުންޓް ވައުޗަރެއް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ވިލާ ހަކަތަ އާއި ވިލާ ޓްރޭޑިންގެ ކަސްޓަމަރުންނަށް ސްކޯ ޝީޓް ވެސް ބަހަމުން ގެންދާނެ އެވެ.

ވިލާ ގޭހަކީ ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.