ވިލާ މާޓް، އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަަ އެ ކުންފުނީގެ އެކްސްކްލޫސިވް ބްރޭންޑެއް ކަމަށްވާ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑްގެ ރަހަ އެންމެންނަށް ދައްކާލުމަށް އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މިއީ ނެދަލެންޑްސްގެ މަޝްހޫރު ޗޮކްލެޓް ބްރޭންޑެކެވެ.

ޓޯނީސްއަކީ ނެދަލެންޑްސްގެ މާކެޓް ލީޑަރުންގެ ތެރޭގައި ހިމެނޭ އެކެކެވެ. އޭނާ 2005 ވަނަ އަހަރު އުފެއްދި ކޮކޯ ވެފައި ވަނީ ތަފާތު އުފެއްދުމަކަށެވެ. މިގޮތުން މީރު ތަފާތު ރަހަތައް ހިމެނޭ ފެންވަރު ރަނގަޅު ޗޮކްލެޓް ބާވަތްތައް ބާޒާރަށް އޭނާ ނެރެފައިވެ އެވެ.

މިހާރު މި ބްރޭންޑްގެ އެކި ރަހަތަކުގެ މީރު ޗޮކްލެޓްތައް ވިލާ މާޓުން ލިބެން ހުންނާނެ އެވެ. ޓޯނީސް ޗޮކޯލޯންލީ ޗޮކޮލެޓަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް ޗޮކްލެޓް ބްރޭންޑެކެވެ.

ވިލާ މާޓް އިން ވިއްކާ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑްގެ ޗޮކްލެޓްތަކެއް.

ވިލާ މާޓް އިން ބުނީ ޓޯނީސް ޗޮކޯލޯންލީގެ ޗޮކްލެޓްގެ ރަހަ ހިލޭ އެންމެންނަށް ދައްކާލުމަށް ބާއްވާ އިވެންޓް އޮންނާނީ އަންނަ ހޮނިހިރު ދުަވަހުގެ ހަވީރު 4:00 އިން 6:00 އަށް ވިލާމާޓް 3 (ރެހެންދި ހިނގުން، ޕީއެސްއެމް ކުރިމަތި)ގައި ކަމަށެވެ.

މި އިވެންޓްގެ މައިގަނޑު މަގްސަދަކީ ޓޯނިސް ޗޮކްލެޓްތައް އިޝްތިހާރުކޮށް، މި ޗޮކްލެޓްތަކުގެ ތަފާތު ރަހަތަކުގެ އަޖުމަ ބަލާލުމަށް ގިނަބަޔަކަށް ފުރުސަތު ދިނުން ކަމަށް ވިލާ މާޓުން ބުނެ އެވެ.

މި ޗޮކްލެޓްތަކުގެ ތަފާތު ރަހަތަކުގެ ތެރޭގައި މިލްކް ޗޮކްލެޓް، ޑާކް ޗޮކްލެޓް، ޗޮކްލެޓް މިލްކް ހޭޒަލްނަޓް، ޗޮކްލެޓް އަލްމަންޑް އެންޑް ހަނީ، ޗޮކްލެޓް ވައިޓް ރާސްބެރީ އަދި ކެރަމެލް ސީ ސޯލްޓް ހިމެނެ އެވެ.

މާލޭގައި ހުންނަ ވިލާ މާޓްގެ ފިހާރައެއް.

މިއީ ވިލާ މާޓްގެ އެކްސްކްލޫސިވް އެކި ބްރޭންޑްތަކުގެ ރަހަތަައް މިގޮތަށް ދައްކާލުމަށް ބާއްވާ ހަތަރު ވަނަ އިވެންޓެވެ. މިގޮތުން ވިލާ މާޓުން ވިއްކާ ޖޭމް ބްްރޭންޑް "ގާޑެންސް" އާއި ޑެއިރީ ބްރޭންޑް އަލްމަރާއި ބްރޭންޑްގެ ރަހަ ދައްކާލުމަށް އިވެންޓެއް ބާއްވާފައިވެ އެވެ. އަދި ދާދިފަހުން ގިނަ އަދަދެއްގެ ކުޑަކުދިނާއެކު ކުޑަކުދިންގެ ހަވީރެއް ވެސް ކާމިޔާބު ކަމާއެކު ބާއްވާފައިވެ އެވެ.

ވިލާ މާޓް އިން ވަނީ ފީފާ ވޯލްޑް ކަޕާ ދިމާކޮށް ކުރިއަށްގެންދާ "މަވެސް ބަލަން" ކެމްޕޭންގެ ޕްރޮމޯޝަން މުއްދަތުގައި ޓޯނީގެ ޗޮކޮލޮނެލީ ޗޮކްލެޓްސް އާއި ގާޑަން ޖެމްސް އަށް ވެސް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް މި އުފެއްދުންތަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ވިލާ މާޓް އިން ބުނީ ކަސްޓަމަރުންނަށް އެ ކުންފުނީގެ ބްރޭންޑްތަކުގެ އަޖުމަ ބަލާލުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިފަދަ އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.