ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާ ބާއްވައިފި އެވެ.

އެސްޓީއޯ އިން ބުނީ ސްޓާފް އެވޯޑްސް އަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި އެވޯޑެއް ކަމަށެވެ. މީގެ އިތުރުން އެސްޓީއޯ ސްޓާފް އެވޯޑްސް އަކީ ކުންފުނީގެ ކުރިއެރުމަށް އެހީތެރިވޭ ފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުމަށް ބޭއްވި ހަފްލާއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ ސްޓާފް އެވޯޑްގަައި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.

އޭގެ ތެރޭގައި ބްރިލިއަންސް އެވޯޑް، އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިން އިނޮވޭޓާ އެވޯޑް، ގޮޓް ދެޓް އެކްސްޓްރާ މައިލް، ޓީމް ޕްލެޔާ އެވޯޑް، ސާވިސް އެކްސަލަންސް އެވޯޑް، ސޭލްސް ފްރަންޓް ރަނާ އެވޯޑް، ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް، ހައިޕަރ ހެލްޕަރ އެވޯޑް، ސްޕޯޓްސް ސްޓާ އެވޯޑް އަދި އެމްޕްލޯއި ޗޮއިސް އެވޯޑް ހިމެނެ އެވެ.

މި އެވޯޑްތަކަށް އެސްޓީއޯގެ މުވައްޒަފުން ނޮމިނޭޓް ކުރުން ކުރިއަށް ގެންދިޔައީ ޚާއްސަ ޕޯޓަލަކުންނެވެ. އަދި ނޮމިނޭޝަނަށް ހުޅުވައިލުުމުން، 598 ނޮމިނޭޝަން ލިބުނު ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން

އެ ކުންފުނިން މި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންގެ ނަންތައް ދިރާސާ ކުރީ އެކަމަށް ޚާއްސަކޮށް އުފެއްދި ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.