Advertisement

ސްރީ ލަންކަން އިން ކާގޯ އަށް ހާއްސަ ބޯޓު ރާއްޖެ އަށް އޮޕަރޭޓްކުރަން ފަށައިފި

FacebookTwitterWhatsAppTelegramViber

ސްރީ ލަންކަން އެއާލައިންސް އިން ހާއްސަ ކާގޯ ފްލައިޓްގެ ދަތުރުތައް މުޅިން އަލަށް ރާއްޖެ އަށް ފަށައިފި އެވެ.

މީގެ ކުރިން ސްރީ ލަންކަން އެއާލައިންސް އިން ރާއްޖެ އަށް ކާގޯ އުފުލާފައިވަނީ، ފަސިންޖަރުން އުފުލާ ބޯޓުތަކުގަ އެވެ. އެހެން ނަމަވެސް، އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ކާގޯ ފްލައިޓް ރާއްޖެ އަށް އޮޕަރޭޓްކުރަން ފަށާފަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ފުރަތަމަ ކާގޯ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ޖެއްސުމާއިއެކު ވޯޓާ ސެލިއުޓެއް ދީފައިވެ އެވެ.

މި ކާގޯ ފްލައިޓް މެދުވެރިކޮށް ރާއްޖެ އާއި ޔޫރަޕްގެ މައި އެކްސްޕޯޓް ހަބްތަކުގެ އިތުރުން، ޗައިނާ އަދި ޖަޕާންއާ ވެސް ގުޅިގެންދާނެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ސްރީ ލަންކަން އެއާލައިންސްގެ ޕެސެންޖަ އޮޕަރޭޝަންތައް އަލުން ރާއްޖެ އަށް ވަނީ ފަށާފަ އެވެ. އެގޮތުން، ރާއްޖެ އާއި ލަންކާއާ ދެމެދު ކޮންމެ ހަފްތާއެއްގެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ އެއާލައިން އިން ދަތުރުކުރެ އެވެ.

މާދަމާ އިން ފެށިގެންމާލެ އާއި ކޮލަމްބޯއާ ދެމެދު ދުވާލަކު ފްލައިޓެއް ބާއްވަން ސްރީ ލަންކަން އެއާލައިންސް އިން ވަނީ ނިންމާފަ އެވެ. އަދި ކޮލަމްބޯ މަގުން، ރާއްޖެ އާއި ލަންޑަން، ޕެރިސް، މިލާން އަދި ފްރެންކްފާޓް އަށް ކަނެކްޓިން ފްލައިޓް ބޭއްވުމަށް ވެސް ނިންމާފައިވެ އެވެ.

މިދިޔަ މާޗު މަހުގެ ފަހުކޮޅު ދަތުރުތައް ހުއްޓާލުމުގެ ކުރިން، ސްރީ ލަންކަން އިން ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރި އެވެ. އަދި ކޮލަމްބޯ އާއި ގަމާ ދެމެދު ހަފްތާ އަކު ތިން ފްލައިޓް ބާއްވާފައިވެ އެވެ.

ސްރީ ލަންކަން އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލާ އެއް އެއާލައިން އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އަށް 2018 ވަނަ އަހަރު އެންމެ ގިނައިން ކާގޯ އުފުލި އެއާލައިނަކީ ވެސް ސްރީ ލަންކަން އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top