Advertisement

މިނިސްޓަަރު މަލީހު ދިރާގުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

ދިރާގުން އިންޓަނެޓް ޕެކޭޖްތަކަށް ގެނައި ބަދަލުން އެދެވޭ ތަސައްލީއެއް ލިބޭނެ

FacebookTwitterWhatsAppTelegramViber

ދިރާގުން އިންޓަނެޓް ޕެކޭޖްތަކަކަށް މިއަދުން ފެށިގެން ގެނައި ހެޔޮ ބަދަލާ ގުޅިގެން މިވަގުތަށް ރައްޔިތުންނަށް އެދެވޭ ތަސައްލީއެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ދެމުން އަންނަ ފައިބާ ބްރޯޑް ބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން މިނިސްޓަރު ވަނީ ދިރާގުގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މިދަތި ދަނޑިވަޅުގައި ދިރާގުން ރައްޔިތުންނަށް ފޯރުކޮށް ތިޔަ ދެއްވި ލުޔަށް ދިރާގުގެ މެނޭޖްމަންޓަށާއި އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. މިލުއިތަކުގެ ސަބަބުން މިވަގުތަށް ރައްޔިތުންނަށް އެދެވޭ ތަސައްލީއެއް ލިބޭނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ދިރާގުން ފައިބާ ބްރޯޑްބޭންޑަށް ގެނައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ އެވެ.

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20 އާއި 65 އިންސައްތަ އާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަނގަޅު ސްޕީޑް ވެސް ލިބިގެންދާނެ އެވެ. ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށް އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top