Advertisement

ސައުދީ އަރަމްކޯ ފަހަތަށް ޖައްސާލައި އެންމެ އަގުހުރި ކުންފުންޏަކަށް އެޕަލް

FacebookTwitterWhatsAppTelegramViber

ސައުދީ އަރަބިއްޔާ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ސައުދީ އަރަމްކޯ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ މިވަގުތު އޮތް އެންމެ އަގުހުރި ޕަބްލިކް ޓްރޭޑެޑް ކުންފުންޏަކަށް އެޕަލް ވެއްޖެ އެވެ.

ހުކުރު ދުވަހު މާކެޓް ބަނދުކުރިއިރު އެޕަލްގެ ހިއްސާތައް އޮތީ 10.47 އިންސައްތައިގަ އެވެ. މީގެ ސަބަބުން އެޕަލްގެ މާކެޓްގެ އަގު $1.84 ޓްރިލިއަން ޑޮލަރަށް އަރަ އެވެ.

މިދިޔަ އަހަރު މާކެޓަށް ތައާރަފުވި ފަހުން މިހާތަނަށްވެސް އެންމެ އަގުހުރި ކުންފުންޏެއް ކަމުގައި އޮތް ސައުދީ އަރަމްކޯގެ އަގު މިހާރު ހުރީ $1.76 ޓްރިލިއަން ގަ އެވެ.

އެޕަލްގެ ސްޓޮކްތަކުގެ އަގު މަތިވެގެން ގޮސްފައިމިވަނީ ބުރާސްފަތި ދުވަހު އެޕަލްގެ ވަރުގަދަ ތިން ވަނަ ކުއާޓަރުގެ އާމްދަނީ ހާމަކޮށްފައި ވަނިކޮށެވެ. މިއާއި އެކު އެޕަލްގެ 11 އަހަރުވީ ތާރީހުގައި އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުންދާތީ ގިނަ އިންވެސްޓަރުން ވަނީ އެޕަލްގެ ފަހަތަށް އަރާފަ އެވެ.

އެޕަލް އިން ވަނީ ޕެންޑެމިކްއާއި ގުޅިގެން މާޗް މަހުގައި ވެއްޓުނު ލޯ ޕޮއިޓުން އަރައިގަނެފަ އެވެ. އެޕަލްގެ ހިއްސާ އެއް މި އަހަރު 44 އިންސައްތަ އަށް ވަނީ އަރާފަ އެވެ.

-އެންބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top