Advertisement

ރަޝިއާއިން އޮކްޓޯބަރު މަހުގައި ވެކްސިން ދިނުމުގެ ކެމްޕެއިންއެއް ފަށަނީ

FacebookTwitterWhatsAppTelegramViber

އޮކްޓޯބަރު މަހުގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިން އެއް ފެށުމަށް ރަޝިއާގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިކައިލް މުރަޝްކޯ އާއި ހަވާލާދީ ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ޑޮކްޓަރުނާއި ތީޗަރުންނަށެވެ.

ނަން ހާމަނުކުރާ ފަރާތަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި މި މަހުގެ ތެރޭގައި ރެގިއުލޭޓަރުން މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭނެ އެވެ.

އެހެން ނަމަވެސް ކަމާބެހޭ މާހިރުންދަނީ ރަޝިއާއިން ވެކްސިން އުފެއްދި ހަލުވި ކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހުކުރު ދުވަހު އެމެރިކާގެ ޓޮޕް އިންފެކްޝިއަސް ޑިޒީޒް އެކްސްޕާޓް ޑރ. އެންތަނީ ފައުސީ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާއިން އުފައްދަމުން ގެންދާ ވެކްސިން މީހުންނަށް ދޭން ފެށުމުގެ ކުރިން ޓެސްޓު ކުރަމުންދާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑރ. ފައުސީ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާއިން މި އަހަރުގެ ފަހުކޮޅު "ކާމިޔާބު އަދި ރައްކާތެރި" ވެކްސިނެއް އުފައްދާނެ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާވައިރަހަށް ވެކްސިންތައް އުފައްދަމުންދާ އިރު މިހާރު 20 އަށްވުރެ ގިނަ ވެކްސިން އޮތީ ކްލިނިކަލް ޓްރަޔަލްގަ އެވެ.

މުރަޝްކޯ އާއި ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީ އިން ރިޕޯޓުކުރި ގޮތުގައި މޮސްކޯގައި ހުންނަ ގަމާލެޔާ އިންސްޓިޓިއުޓުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ނިމިފައިވާ ކަމަށާއި މިހާރު ބާކީ އޮތީ ވެކްސިން ރަޖިސްޓަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ނިންމުން ކަމަށެވެ.

"އަހަރެމެންގެ އުންމީދަކީ އޮކްޓޯވަރު މަހުގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިންއެއް ފެށުން،" މުރަޝްކޯ ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދެވޭނީ ޑޮކްޓަރުންނާއި ތީޗަރުންނަށް ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގައި ރަޝިއާގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ގަމާލެޔާ އިންސްޓިޓިއުޓުން އުފެއްދި އެޑެނޯވައިރަސް ހިމެނޭ މި ވެކްސިންގެ އެންމެ ފުރަތަމަ ޓެސްތްތައް ވަނީ ކާމިޔާބުވެފަ އެވެ.

މިދިޔަ މަހުގައި ޔޫކޭ، އެމެރިކާ އަދި ކެނެޑާގެ ސެކިއުރިޓީ ސާވިސަސް އިން ވަނީ ރަޝިއާގެ ހެކަރުންގެ ގްރޫޕަކުން ކޮވިޑް-19 އަށް ވެކްސިން އުފައްދާ ޖަމްއިއްޔާތަކުގެ މައުލޫމާތު ހެކްކޮށް،އެ މައުލޫމާތު ވަގަށްނަގަން އުޅުނުކަމަށް ތުހުމަތުކޮށްފަ އެވެ.

-ބީބީސި

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top