Advertisement

ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި އުރީދޫ އިން އިތުރު ޑޭޓާ

FacebookTwitterWhatsAppTelegramViber

2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގަ އަށް އުރީދޫ މޯލްޑިވްސް އިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަ އެވެ.

ދިވެހިންގެ ހިދުމަތުގައި 15 އަހަރު ފުރުމުގެ އުފާ އުރީދޫ މޯލްޑިވްސް އިން އިއްޔެ ފާހަގަކުރިއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އިން ވަނީ ކާމިޔާބުކަމާއެކު އެތަކެއް މޭލުގާތަކެއް ފުރިހަމަކޮށްފަ އެވެ. ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އާ އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވެ އެވެ.

އުރީދޫގެ ތަސައްވުރާ އެއްގޮތަށް، އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.

"ދިވެހިންގެ ހިދުމަތުގައި މި ހޭދަކުރެވުނު 15 އަހަރުގެ ރާސްތާ އަލުގަނޑުމެން އުފަލާއެކު ފާހަގަކުރަމުން ދާއިރު، މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އާ އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.

ފަނަރަ ވަނަ އަހަރީ ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކުޑަ ހަދިޔާއެއްގެ ގޮތުން އެ ކުންފުނިން އިއްޔެ ވަނީ ހާއްސަ އޮފާތަކެއްވެސް ތައާރަފްކޮށްފަ އެވެ.

މި އޮފާތަކުގެ ދަށުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތައާ ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރައްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 އިންސައްތަ އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާޖްތަކަށް 15 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން، ސާކް ގައުމުތަކަށް ކުރައްވާ އައިޑީޑީ ފޯން ކޯލްތަކުން 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ފަންސާސް އިންސައްތައާ ހަމައަށް އިތުރު ޑޭޓާ - ޕްރިޕެއިޑް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ލިބިވަޑައިގަންނަވާނެ އެވެ. އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް އަށް ޒިޔާރަތްކޮށްލައްވާށެވެ.

ވިހި އިންސައްތަ އިތުރު ޑޭޓާ - ޕޯސްޓްޕެއިޑް

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުން މި އޯގަސްޓް މަހު އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 20 އިންސައްތަ ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ. އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް އަށް ޒިޔާރަތްކުރައްވާށެވެ.

ފަންސާސް އިންސައްތަ އިތުރު ޑޭޓާ - ފަސޭހަ މައިފައި

އޯގަސްޓް މަހު ތެރޭގައި އެކްޓިވޭޓް ކުރައްވާ ފަސޭހަ މައިފައި ޑިވައިސްތަކަށް ކުރައްވާ ކޮންމެ ރީޗާޖްއަކާއެކު 15 އިންސައްތަ ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ. އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް އަށް ޒިޔާރަތްކުރައްވާށެވެ.

އައިޑީޑީ ކޯލް ރޭޓްއިން 15 އިންސައްތަ ޑިސްކައުންޓް

ސާކް ގައުމުތަކުގައި ތިއްބަވާ އާއިލާއާއި ރައްޓެހިންނަށް ފަސޭހަކަމާއެކު ގުޅާލުމަށް އޯގަސްޓް މަހު ތެރޭގައި ކުރައްވާ ކޯލްތަކުން 15 އިންސައްތަ ލިބިވަޑައިގަންނަވާނެއެވެ. ޑިސްކައުންޓް ހޯއްދެއްވުމަށް ކަންޓްރީ ކޯޑްގެ ކުރިޔަށް 011 ޖެއްސެވުމަށް ފަހު ގުޅުއްވާށެވެ.

އަހަރީ ދުވަހުގެ އޮފާ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއިއެކު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި އޯގަސްޓް މަހަށް މި އޮފާތައް ލިބިގެންދާނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top