Advertisement

ކަރަންޓީނަށް ރަށްރަަށަށް ދެވޭނެ ޝަރުތުތައް ކަނޑައަޅައިފި

FacebookTwitterWhatsAppTelegramViber

މިއަދުން ފެށިގެން ރަށްރަށަށް ގޮސް ކަރަންޓީން ވުމަށް އެދޭ ފަރާތްތައް ވަކި ޝަތުރުތަކެއް ފުރިހަމަ ވާން ޖެހޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު އުސޫލުގައި ވަނީ ފަސް ޝަރުތެއް ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މެޑިކަލް އިމަޖެންސީއެއްގައި މަލޭ އައުން
  • މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހުން
  • ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ޖެހުން
  • ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ބަދަލުވުން
  • ޝަރުއީ ކޯޓަކަށް ހާޒިރުވާނެ ޖެހުން

އެޗްޕީއޭ އިން ވަނީ ރަށްރަށަށް ދިއުމަށް "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީ ވުމަށްފަހު، މި ޝަރުތުތަކާއި ގުލޭ ލިޔެކިޔުންތައް ވެސް ކައުންސިލްތަކަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފަ އެވެ.

ކައުންސިލްތަކުން ''ފާސް ޕޯޓަލް" މެދުވެރިކޮށް އެޕްރޫވްކޮށް، ހޯމް ކަރަންޓީންވުމަށް އެދިފަވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައި ކުރުމަށްފަހު އެ މީހަކު ދަތުރުކުމަށް އެދިފައިވާ ތާރީހަށް ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިން ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑް ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ ބުނީ، ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ލިބުމުން ކަމަށެވެ.

ހޯމް ކަރަންޓީން ވުމަށް ރަށްރަށް ދެވޭ އުސޫލަށް ބަދަލުގެނެސްފައި މިވަނީ މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ބައެއް ރަށްތަކުން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެންނެވެ. ރަށްރަށަށް ކަރަންޓީން އަށް ދާ ބައެއް ފަރާތްތަކުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

މިއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top