Advertisement

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" ކާމިޔާބު އެއް އަހަރު ފާހަގަކޮށްފި

FacebookTwitterWhatsAppTelegramViber

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ، ކަސްޓަމަރުންގެ ހިދުމަތުގައި ކާމިޔާބު އެއް އަހަރު ފުރުމުގެ މުނާސަބަތު މޫލީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއްޔެ ފާހަގަކޮށްފި އެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓް މަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ފޯރުކޮށްދެވިފަ އެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލަދެ އެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެ އެވެ.

މޫލީ ޕްލެޓްފޯމްގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދާނެ އެވެ. މި ހަރަކާތްތަކުގެ އިތުރު މައުލޫމާތު މޫލީ ސޯޝަލް މީޑިޔާ ޕޭޖްތަކުގައި އިއުލާނު ކުރެވެމުންދާނެ އެވެ.

ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދައި ޕާސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދެވެ. އެގޮތުގެ މަތިން، މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.

މީގެ އިތުރުން، ފިތުރު އީދާއި އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކާއި އެކު، ސަލާމަތްތެރިކަމާއިއެކު ގޭގައި ތިބެގެން އީދުގެ އުފާފާޅުކޮށް، އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ބަދަލުކުރުމުގެ ފުރުސަތު މޫލީ އިން ވަނީ ފަހިކޮށްދީފަ އެވެ. މި ހާއްސަ ޕްރޮމޯޝަންތަކުގެ ތެރެއިން އަޟްހާ އީދާ ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލްއަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލްއެއްކަންވެސް ފާހަގަކޮށްލެވެ އެވެ.

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެ އަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީ އިން ފޯރުކޮށްދެ އެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފަ އެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ޔަގީންކަން އަރުވަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top