Advertisement

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހު 31 ގައި

FacebookTwitterWhatsAppTelegramViber

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ މި މަހު 31 ގައި ބާއްވަން ނިންމައިފި އެވެ.

ބޭންކުން ވަނީ މިމަހުގެ 31 ވަނަ ދުވަހު އަހަރީ އާއްމު ޖަލްސާ އޮންނާނެކަން އަންގައި ހިއްސާދާރުންނަށް ނޯޓިސް ފޮނުވާފަ އެވެ.

ޖަލްސާ އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށެވެ. އޮންލައިންކޮށް މި ޖަލްސާ ބާއްވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ އެވެ. އަދި ޖަލްސާގައި ބައިވެރިވޭނީ މި މަހު 18 އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަންޏެވެ.

އޮންލައިކޮށް ބާއްވާ މި ޖަލްސާގައި ޕްރޮކްސީވެސް ހުށަހެޅޭނެ އެވެ.

ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ނުވަތަ ޖަލްސާގެ އެޖެންޑާއަކަށް އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާ ނަމަ [email protected] އަށް މެއިލް ކުރުމަށް ބީއެމްއެލުން އެދެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top