"ޝަރިއާ ސްކޮލާސް ޑައިލޮގް" ނަމުގައި އެމްއެމްއޭ އިން ފޯރަމެއް ބާއްވައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އަދި މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލްއާއި ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާ އާއި ގުޅޭ ކަންކަމުގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ މި ފޯރަމްގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވި ކަމަށެވެ. އަދި މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

"ޝަރިއާ ސްކޮލާސް ޑައިލޮގް" ނަމުގައި އެމްއެމްއޭ އިން ބޭއްވި ފޯރަމްގެ ތެރެއިން. ފޮޓޯ: އެމްއެމްއޭ

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިން ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.