އެސްޓީއޯ އިން ހުޅުމާލޭގައި ހިންގާ ފިހާރަ އެހެން ތަނަކަށް ބަދަލުކުރަން، އެ ފިހާރާގައި ހުސްކުރާ ސޭލެއް އަޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ "ހުސްވީމަ ހުސްވީ" ގެ ނަމުގައި އެ ސޭލް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ކަމަށެވެ.

އެ ސޭލް ކުރިޔަށް ދާނީ މިއަދު ހެނދުނު 8:30 އިން މިރޭ 10:00 އަށް އަދި މާދަމާ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. އޭގެ އިތުރުން ހޮނިހިރު ދުވަހު 8:30 އިން ރޭގަނޑު 10:00 އަށް ވެސް އެ ސޭލް ކުރިޔަށް ގެންދާނެ އެވެ.

މި ސޭލް ކުރިޔަށްދާ ވަގުތު ނަމާދު ގަޑިއަށް ފިހާރަ ބަންދުކުރާނެ އެވެ.

އެސްޓީއޯ އިން ބުނީ މިވަގުތު ކާބޯތަކެތި ލިބެންހުރި އެ ފިހާރާގެ ހުރިހާ މުދަލެއްގެ ވެސް އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ ހުޅުމާލެ ޝޮޕް ހުންނަނީ ހުޅުމާލެ ހޮސްޕިޓަލް ހުންނަ މަގު، ހުވަންދުމާ ހިނގުމުގަ އެވެ.