އުރުގުއޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ސުއަރޭޒް އާ ގުޅިގެން ރާއްޖޭގެ ބޯޑާ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކުރަން ނިންމައިފި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސްގެ އެންމެ މަތީ ޖަރަޖަ ކަމަށްވާ އަބާރަނަގެ މެންބަރުކަން ދިނުމާ ގުޅިގެން ސުއަރޭޒް ބުނީ މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމަކީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެ އައުން ހުއްޓި، އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުއަރޭޒަށް ވަނީ އަބާރަނަ މެންބަރުކަން ދީފަ އެވެ. އަބާރަނަ މެންބަރުކަން ދިނީ މޯލްޑިވްސް އިމިގްރޭޝަން އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓްއާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް ބޯޑާ މައިލްގެ ފަރާތުންނެވެ.

އޭނާއަށް މި މެންބަރުކަން އެރުވީ ވޯލްޑް ކަޕް ނިންމާލުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އޭނާ ރާއްޖެ އައުމުންނެވެ.

ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖަ ސުއަރޭޖްއަށް އެރުވުމާއި ގުޅިގެން އޭނާ ވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ބޯޑަ މައިލްސް ޕްރޮގްރާމް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސުއަރޭޖްއަކީ ފުޓްބޯޅައިގައި ފާހަގަކުރެވޭ މޮޅު ސްޓްރައިކަރެކެވެ. އޭނާ ވަނީ އިންގްލިޝް ޕްރިމިއަ ލީގުގައި ލިވަޕޫލް، ސްޕެއިންގެ ބާސެލޯނާ އަދި އެޓްލެޓިކޯ މެޑްރިޑްއަށް ކުޅެފަ އެވެ.

ބޯޑަ މައިލްސްއިން އަންނަނީ ދުނިޔޭގެ މަޤްބޫލު މީހުން މެދުވެރިކޮށް މި ޕްރޮގްރާމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޯޑަ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.