Advertisement

ހަތް ބިލިއަން މީހުންނަށް ވެކްސިން ދޭނީ ކިހިނެތް؟

FacebookTwitterWhatsAppTelegramViber

ދުނިޔޭގެ އެކި ހިސާބުތަކުގެ ޓީމުތަކުން ދަނީ މެދުކެނޑުމެއް ނެތި ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެއީ ދުނިޔެއަށް މިހާރު އެންމެ ބޭނުންޖެހިފައިވާ ކަމަށްވީ ނަމަވެސް ދުނިޔޭގެ ހަތް ބިލިއަން މީހުންނަށް ވެކްސިންދޭނެ ގޮތެއް ހޯދާނީ ކިހިނެތް ހެއްޔެވެ؟

ޔޫކޭގައި ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތްތައް ހިނގަމުންދާ މައި ހަބަކީ ހާވެސް ސައިންސް ކެމްޕަސް އެވެ. މިތަން ވެގެންދާނީ ޔޫކޭގައި ވެކްސިން މެނުފެކްޗަރިން އެންޑް އިނޮވޭޝަން ސެންޓާ (ވީއެމްއައިސީ) އަށެވެ.

"އަހަރެމެން މިވަނީ ވެކްސިން ހެދުމުގެ ވަގުތު ދެގުނަ މަދުކޮށްފައި. މީގެ ކުރިން ވެކްސިން އުފެއްދޭނެ ކަމަށް ލަފާކުރެވިފައި އޮތީ 2022 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް. އެހެން ނަމަވެސް މިހާރު އުންމީދުކުރަނީ 2021 ވަނަ އަހަރު އޮންލައިންކޮށް ވެކްސިން ލިބެންހުންނާނެ ވަރު ކުރަން،" ވީއެމްއައިސީގެ ޗީފް އެގްޒެކެޓިވް ކަމަށްވާ މެތިއު ޑުޗާސް ވިދާޅުވި އެވެ.

"ކޭކެއް އެޅުން ކަހަލަ ކަމެއް"

ޑުޗާސް ވިދާޅުވި ގޮތުގައި މިއީ ޒިންމާބޮޑު މަސައްކަތެކެވެ. "އަވަހަށް ވެކްސިންއެއް އުފެއްދުމަކީ ހަމައެކަނި ޔޫކޭ އަކަށް ނޫން، މުޅި ދުނިޔެއަށް ވެސް އޭގެ ބޭނުން އިންތިހާ އަށް ޖެހިފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"މިސާލެއް ދަންނަވާ ނަމަ، މިއީ ކޭކެއް އެޅުން ކަހަލަ ކަމެއް. ކޭކު އެންމެ ފުރިހަމަ އަށް އެޅުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ހިނގައިދާނެ. ދެން މިޖެހެނީ އެގޮތަށް ފުރިހަމައަށް 70 މިލިއަން މީހުންނަށް ކޭކު އަޅަން. އެއީ ދަތިކަމެއް،"

އޮކްސްފޯޑު ޔުނިވަސިޓީއިން މިހާރުވެސް ދަނީ ވެކްސިންގެ ނަތީޖާ ލިބުމުގެ ކުރިންވެސް ވެކްސިން އުފެއްދުމަށް ވަގުތީ ލެބްތައް ތައްޔާރުކުރަމުންނެވެ.

ވެކްސިން އެލަޔަންސް ކަމަށްވާ ގަވީ އިން ވަނީ ވެކްސިން ރޯލްއައުޓް ކުރާނެ ގޮތަކާއި މެދު ވިސްނަންފަށާފަ އެވެ.

އެހެން ނަމަވެސް މިކަމުގައި ބައިނަލްއަގްވާމީ އެއްބާރުލުން ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ގިނަ ގައުމުތަކުން މިހާރުވެސް ދަނީ ޑްރަގް ކުންފުނިތަކާއި އެކު ބައިލެޓަރަލް ޑީލް ހަދައިގެން އެ ގައުމަކަށް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ގަވީ ސީއީއޯ ކަމަށްވާ ސެތް ބާކްލޭ ވިދާޅުވިގޮތުގައި މިހާރު ދިމާވާ އެންމެ ދަތި ކަމަކީ "ވެކްސިންގެ ނެޝަނަލިޒަމް."

"މިކަމާއި ގުޅިގެން ހުރިހާ ގައުމުތަކުން ވެސް މަސައްކަތް ކުރަންވާނީ ގްލޯބަލް ގޮތުން ވިސްނާފައި. އެއީ އަމިއްލަ މަސްލަހަތު އިސްނުކޮށް އެންމެ ރަނގަޅަށް އެކަން ކުރެވެން އޮތް ގޮތް،" އޭނާ ވިދާޅުވި އެވެ.

"ކައިރި ގައުމުތަކުގައި ވެކްސިން ހުރި ކަމުގައި ވިޔަސް އޭގެ މާނައެއް ނޫން އަނބުރާ ކުރީގެ އާންމު ހާލަތަށް ދާށޭ. އެންމެނަށް ވެކްސިން ދެވުމުގެ ކުރިން އެކަކުވެސް ރައްކާތެރިއެއް ނޫން،"

ދެން ވިސްނަންވީ ވެކްސިން ރައްކާކުރުމަށް އެކަށީގެންވާ ވަރަށް ގްލާސް ވަޔަލްސް ހުރިތޯ އެވެ. އެހެން ކަމުން ގަވީ އިން ވަނީ ވަޔަލްސްގެ ދެ ބިލިއަން ޑޯޒް ގަނެފަ އެވެ. އެއީ 2021 ވަނަ އަހަރާއި ހަމަޔަށް ތައްޔާރުކުރެވޭނެ ކަމަށް ބެލެވޭ ޑޯޒްތަކުގެ އަދަދެވެ.

ގަވީ އިން މިހާރު ދަނީ ގައުމުތަކުގައި ރެފްރިޖަރޭޓް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަމުންނެވެ. ވެކްސިން ރޯލްއައުޓް ކުރުމުގައި އެންމެ ފުރަތަމަ ވެކްސިން ދެވޭނެ މީހުން ކަނޑައެޅުމަކީ ވެސް ކާމިޔާބުކަމާއި އެކީ ވެކްސިން ދިނުމުގައި މަގުފަހިވެގެންދާނެ ކަމެކެވެ.

ޔޫކޭގެ ވެލްކަމް ޓްރަސްޓް ވެކްސިންގެ ވެރިޔާކަމަށްވާ ޑރ. ޗާލީ ވެލާ ވިދާޅުވި ގޮތުގައި ގައުމުތަކުން އެކަމާއި ގުޅިގެން ކުރަންޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

"މި ވެކްސިން އެންމެ ބޭނުންވަނީ ކާކު؟ އެންމެ ހައި ރިސްކު މީހުންނަކީ ކޮބާ؟ އެންމެ ހައި ޕްރަޔޯރިޓީ އަކީ ކޮބާ؟ ސަބަބަކީ ކޮންމެ ވެކްސިނެއްވެސް ސަޕްލައި ކުރެވޭނީ ވަކިވަރަކަށް." އޭނާ ވިދާޅުވި އެވެ.

-ބީބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top