މިދިޔަ ޑިސެމްބަރު މަހުގައި ސާވިސް ޗާޖު އެންމެ ބޮޑުކޮށް ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސްއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ ރާއްޖޭގެ 21 ރިސޯޓަކުން މިދިޔަމަހު މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖްގެ އަދަދުތައް ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ހަތް ރިސޯޓަކުން މުވައްޒަފުންނަށް 1000 ޑޮލަރަށް ވުރެ ގިނައިން ސާވިސް ޗާޖު ލިބިފައިވެ އެވެ.

އެންމެ ގިނައިން ސާވިސް ޗާޖު ދިން ރިސޯޓުތައް:-

  • ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު- 1645.23 ޑޮލަރު
  • ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓު- 1599.61 ޑޮލަރު
  • ޝެވަލް ބްލޯންކް ރަންދެލި ރިސޯޓު- 1582.28 ޑޮލަރު
  • ސެންޓް ރެޖިސް ވޮމުލި ރިސޯޓް- 1190.26 ޑޮލަރު
  • ވަން އެންޑް އޮންލީ ރީތިރަށް އައިލެންޑް ރިސޯޓު- 1176 ޑޮލަރު
  • ވަކަރު މޯލްޑިވްސް ރިސޯޓު-1163 ޑޮލަރު
  • ހުރަވަޅި އެންޑް ކުޑަދޫ ރިސޯޓް- 1163 ޑޮލަރު

މި ހަތް ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެގޮތުން އެ ރިސޯޓުގެ މުވައްޒަފުންނަށް ވަނީ 1645.23 ޑޮލަރު ދީފަ އެވެ.

ކޮންމެ އަހަރެއް ނިމުމާއި ގާތްކޮށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު، މިދިޔަ ޑިސެމްބަރުގައި 1,675,299 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.