Advertisement

ޖެފް ބެޒޮސްގެ އަގަކީ މިހާރު 200 ބިލިއަން ޑޮލަރު!

FacebookTwitterWhatsAppTelegramViber

ޖެފް ބެޒޮސް އަކީ ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހާ އެވެ. މިފަހަރު މިވަނީ އަނެއްކާވެސް އޭނާގެ ނެޓް ވޯތް އުފުލިގެން ގޮސް ރިކޯޑެއް ގާއިމުކޮށްފަ އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އެމެޒަންގެ ހިއްސާތައް އުފުލިގެން ދިއުމާއި ގުޅިގެން އެކުންފުނީގެ ސިއީއޯ ކަމަށްވާ ބެޒޮސްގެ މިލްކިއްޔާތު ވަނީ 2020 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ޖެނުއަރީ މަހަށް ވުރެ 87 ބިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.

ބެޒޮސްގެ މިލްކިއްޔާތު މިހާ ކުރިއަށް ޖެހިލާފައި މިވަނީ އެމެޒަންގެ ސަބަބުންނެވެ. މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާތައް ވަނީ 25 އިންސައްތަ އިތުރުވެފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް 89 އިންސައްތަ އިތުރުވެފައިވާ ކަމަށް ރެފިނިޓިވްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

1994 ވަނަ އަހަރު އެމެޒަން ވުޖޫދަށް ގެނެއުމަށް ފަހު ބެޒޮސްއަށް ލިބެމުންދިޔަ މުއްސަދިކަން ދިޔައީ ރިކޯޑްތައް މުގުރަމުންނެވެ. އެގޮތުން 2017 ވަނަ އޭނާ ވަނީ މުޅި މި ދުނިޔޭގައި ހުރި އެންމެ މުއްސަދި މީހާގެ ލަގަބު ހޯދާފަ އެވެ. އަދި މިދިޔަ މަސްތެރޭ އޭނާގެ ނެޓް ވޯތް 172 ބިލިއަން ޑޮލަރަށް އަރާ، އާ ރިކޯޑެއް މިވަނީ ގާއިމުކޮށްފަ އެވެ.

ބެޒޮސްގެ އިތުރުން ޓެކް ދާއިރާގެ އެހެން ބިލިއަންރުންވެސް ދަނީ މި ޕެންޑެމިކްގެ ތެރޭގައި އިތުރަށް މުއްސަދިވަމުންނެވެ.

މި މަހުގެ ކުރީކޮޅު ފޭސްބުކްގެ ސީއީއޯ، މާކް ޒަކަބާގްވަނީ މިލްކިއްޔާތުގައި 100 ބިލިއަން ޑޮލަރު ހަމަކޮށް، "ސެންޓި ބިލިއަނަރެއް"ގެ ލަގަބު ހޯދާފަ އެވެ. ޓެސްލާގެ ސިއީއޯ، އިލޯން މަސްކުގެ މިލްކިއްޔާތުގައި މިހާރު 96 ބިލިއަން ޑޮލަރުހުރި އިރު، އޭނާވެސް ވަނީ އެ ލަގަބު ހޯދުމާއި ދާދި ގާތުގަ އެވެ. މައިކްރޮސޮފްޓްގެ ބާނީ، ބިލް ގޭޓްސް މިހާރުވަނީ އެ ހިސާބު ފަހަނަޅާ ގޮސްފަ އެވެ.

އެޕަލްގެ ހިއްސާތައް އިތުރުވެގެން ގޮސް ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަކަށް ވެފައިވާ އިރު، އެކުންފުނީގެ ސީއީއޯ ޓިމް ކުކްވެސް ވަނީ ދާދި ފަހުން ބިލިއަނަރަކަށް ވެފަ އެވެ. ކުކް އަކީ ކުންފުންޏެއް އުފެއްދުމުގައި ހިއްސާނުވާ އެގްޒެކެޓިވުންގެ ތެރެއިން އާދަޔާ ހިލާފަށް މުއްސަދި މީހުންގެ ލިސްޓުން ޖާގަ ހޯދި ނަމޫނާ ފަރާތެއްކަން ފާހަގަކޮށްލެވެ އެވެ.

ބެޒޮސްގެ އެންމެ މުހިއްމު އެސެޓަކީ އެމެޒަން ކަމަށްވިޔަސް އެއީ އޭނާ ހިންގާ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އޭނާ އަކީ 2000 ވަނަ އަހަރު އުފެއްދި ސްޕޭސް ޓްރެވަލް ކުންފުނި ކަމަށްވާ ބްލޫ އޮރިޖިން އާއި 2013 ވަނަ އަހަރު އޭނާ ގަނެފައިވާ ވޮޝިންގްޓަން ޕޯސްޓް ނިއުސްޕޭޕާގެ ވެރިޔާވެސް މެ އެވެ.

-ސީއެންއެން

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top