Advertisement

މި ބަހުގައި ދިއްލީ އިން ލަންޑަނަށް 70 ދުވަހުން ގެންގޮސްދޭނެ!

FacebookTwitterWhatsAppTelegramViber

ދުނިޔޭގެ އެއްކޮޅުން އަނެއް ކޮޅަށް ބަހަކުން ދަތުރުކުރާނަން ހެއްޔެވެ؟

އެކްސްޕެޑިޝަން ކުންފުންޏެއް ކަމަށްވާ އެޑްވެންޗާސް އޯވަލޭންޑް އިން މިވަނީ ތިބޭފުޅުން އާއެކޭ ބުނާނެކަމުގެ އުންމީދުގަ އެވެ. އެ ކުންފުނިން މިވަނީ ރާވާލެވިފައިވާ ބަސް ދަތުރަކުން އިންޑިއާގެ ވެރިރަށް ދިއްލީ އިން ޔޫކޭގެ ވެރިރަށް ލަންޑަނަށް މަތިންދާބޯޓަކާއި ނުލާ މީހުން ގެންދިއުމަށް ތައްޔާރުވެފަ އެވެ.

އެންމެ ފުރަތަމަ "ހޮޕް އޮން- ހޮޕް އޮފް ބަސް ސާވިސް" ގެ ނަމުން ނަން ދެވިފައިވާ މި ދަތުރުގައި، ދެ މަންޒިލްގެ ދެމެދުގައި ދަތުރުކުރަން ބޭޏުންކުރާނީ 20 މީހުންގެ ޖާގައިގެ ލަގްޒްރީ ބަހެކެވެ.

70 ދުވަސްތެގޭ މި ބަހުން 18 ގައުމު ހުރަސްކުރަން ނިންމާފައިވާ އިރު ދަތުރުވެރިންނަށް މިޔަންމާގެ ޕަންގޯޑާސް އާއި ޗައިނާގެ ބޮޑު ފާރު ބަލައިލަންގޮސް، މޮސްކޯއާއި ޕްރޭގްގެ ތާރީހީ އަވަށްތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލިޔުމުގައި ހިމަނާލެވިފައިވާ ފޮޓޯއަކީ އެޑްވެންޗާ އޯވަލޭންޑުން މި ދަތުރަށް ބޭނުންކުރާނެ ބަހުގެ ހިޔާލީ ކުރެހުމެއް ކަމަށް ހާމަކޮށްފައިވާ ކުރެހުމެކެވެ.

އެޑްވެންޗާ އޯވަލޭންޑް އަކީ ދަތުރުކުރުމަށް ލޯބިކުރާ ދެމީހުން ކަމަށްވާ ތުޝާރް އަގަރްވާލް އާއި ސަންޖޭ މަޑަން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ސިއެންއެން އަށް މައުލޫމާތު ދެމުން އަގަރްވާލް ބުނިގޮތުގައި މި ހިޔާލު އައިސްފައިވަނީ 2010 ވަނަ އަހަރު އޭނާ އެކަނި ލަންޑަނުން ދިއްލީއަށް އެއްގަމު މަގުން ކުރި ދަތުރެއްގެ ތަޖުރިބާއިން ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މިގޮތަށް ދަތުރުކުރަން ބޭނުންވާ ބައިވަރު މީހުން އުލޭ ކަމަށާއި އެހެން ނަމަވެސް އަމިއްލަ ކާރު ދުއްވުމަކީ މީހުން އެހާ ކުރާހިތްވާ ކަމެއް ނޫންކަމަށެވެ. ބަސް ދަތުރުވެ ހިޔާލު އައީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ.

މި ބަހުގެ އިފްތިތާހީ ދަތުރު ކުރަން ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގާއި ކަމަށް ބެލެވެ އެވެ. އަދި މި ދަތުރުގެ އަގަކީ 20،000 ޑޮލަރެވެ. ދިއްލީއިން ލަންޑަނަށް ބަހުގައި ދާ މީހުން އެނބުރި އަންނަން ޖެހޭނީ ފްލައިޓުންނެވެ. އެއާއި އެކު އާ 20 މީހުންނާއި އެކު ލަންޑަނުން ދިއްލީ އަށް އައުމަށް އަނެއްކާވެސް ބަސް ދަތުރުފަށާނެ އެވެ.

-ސީއެންއެން

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top