Advertisement

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 25 މިލިއަނަށް

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 25،009،250 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވަސިޓިގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި ބަލި ޖެހިގެން މިހާތަނަށް ޖުމްލަ 842،702 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19ގެ އެންމެ ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރު ޗައިނާއިންނެވެ. އޭގެ ތިން މަސްދުވަހަސް ވުރެ ގިނަ ދުވަސްފަހުން، އެޕްރީލް މަހުގެ 2 ވަނަ ދުހުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ. އޭގެ ފަހުން ޖުލައި 28 ވަނަ ދުވަހު މި އަދަދު ވަނީ 10 މިލިއަނަށް އަރާފަ އެވެ. މިފަހަރު ކޭސްތަކުގެ އަދަދު ދެގުނަ ވާން ނެގީ އެންމެ ހަ ހަފްތާ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމާއި ގުޅޭގޮތުން ގައުމުތަކަށް އެތައް ކަމެއް ދަސްވެ ތަޖުރިބާކުރެވިފައިވީ ނަމަވެސް މިހާރު އަނެއްކާވެސް މިފެންނަނީ ހާލަތު މުށުން ދޫވެގެންދާ ތަނެވެ.

އެންމެ ފުރަތަމަ ވައިރަސް ފެތުރުނު ގައުމުތަކުން ހަރުކަށި ލޮކްޑައުންގެ ފިޔަވަޅުތައް އަޅާ ބަލި ފެތުރުން ކޮންޓްރޯލް ކުރި އެވެ. އެހެން ނަމަވެސް ލޮކްޑައުންއަށް ލުއިތައް ދޭން ފެށުމާއި އެކީ އަނެއްކާވެސް ކޭސްތަކުގެ އަދަދު ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި އަނެއްކާވެސް ވައިރަހުގެ ދެވަނަ ރާޅެއް ބޯމަތިވާން އުޅޭކަމަށާއި މިފަހަރު ބަލި ކޮންޓްރޯލް ކުރެވޭނީ ވެކްސިނެއް އުފެއްދުމުން ކަމަށެވެ.

-ސީއެންއެން

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top