Advertisement

ޗައިނާގެ އެރެތޭގެ އުނދުހުންތައް މިއަންނަ މަސްތެރޭ މުޅިން ހަމައަކަށް އެޅޭނެ

FacebookTwitterWhatsAppTelegramViber

ޗައިނާގެ އެތެރޭގެ އުނދުހުންތައް މިއަންނަ މަހުން ފެށިގެން މުޅިން ހަމައަކަށް އެޅޭނެ ކަމަށް ގްލޯބަލް ޓެރެވަލް ޑޭޓާ ފާމަކުން ބުނެފި އެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްއާއި ގުޅިގެން ފެބްރުއަރީ މަހު ގިނަ އަދަދެއްގެ ފްލައިޓްތައް ގްރައުންޑް ކުރުމަށް ފަހު މިހާރު މަޑު މަޑުން ވައިގެ އުނދުހުންތަކަށް އޮންނަ ޑިމާންޑްވަނީ އިތުރުވާން ފަށާފަ އެވެ.

ފޯވާޑްކީސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހު ޗައިނާގެ ޑޮމެސްޓިކް އެއާޕޯޓަށް ޖެއްސި ފްލައިޓްތަކުގެ އަދަދު 2019 ވަނަ އަހަރުގެ އަދަދުތަކުގެ 86 އިންސައްތަ އަށް އަރާފައިވެ އެވެ.

މި ހަބަރަކީ އިނދަޖެހިފައި އޮތް ވައިގެ ދަތުރުގެ ސިނާއަތަށް ކުޑަ އުންމީދެއް ގެނުވާނެ ހަބަރެކެވެ.

ފެބްރުއަރީ މަހުގެ މެދުތެރެގައި ޗައިނާގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި އެތެރޭގެ އުނދުހުންތައް ވަނީ އެއްކޮށް މެދުކަނޑާލާފަ އެވެ.

މިހާރު ވައިރަހުގެ ކޭސްތައް މަދުވެފައިވުމުން ފްލައިޓް ދަތުރުތައް އިތުރުކޮށް، ބުކިންތައް ވެސް ވަނީ 98 އިންސައްތައަށް އަރާފަ އެވެ.

"މިއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް. ސަބަބަކީ ކޮވިޑް-19 ޕެންޑެމިކް ފެށުނުފަހުން ދުނިޔޭގެ ހިސާބެއްގެ އޭވިއޭޝަން ސިނާއަތް ޕެންޑެމިކްގެ ކުރީގައި އޮތް ހާލަތަށް އަނބުރާއައި ފުރަތަމަ ފަހަރު ކަމަށްވާތީ." ފޯވާޑްކީސްގެ އޮލީވިއާ ޕޮންޓީ ވިދާޅުވި އެވެ.

-ބީބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top