ސަރުކާރުން 2.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ހަތަރު ޓީބިލެއް ވިއްކަން ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ.

އެގޮތުން ޓީބިލް ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 490 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 245 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 240 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.3 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ޓީބިލުގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހެވެ. އަދި 3.50 އާއި 4.60 ޕަަސެންޓާއި މެދުގައި ޓީބިލުގެ އިންޓްރެސްޓް ރޭޓް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން ވިއްކާ ޓީބިލްތައް ގަންނާނީ ބައެއް ބޭންކުތަކުންނާއި ޕެންޝަން ފަންޑުންނާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.