Advertisement

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ

FacebookTwitterWhatsAppTelegramViber

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ވަޑައިގަތްކަން ޔަގީންވިތާ 21 ވަނައަށްވީ ދުވަހު އިންޑިއާގެ ކުރީގެ ރައީސް، ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 84 އަހަރުގެ މުކަރްޖީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ސިނކުޑީގައި އޮތް ކްލޮޓެއް އޮޕަރޭޝަންކުރެއްވުމަށް ހޮސްޕިޓަލްގައި އޮންނަވަނިކޮށެވެ.

2012 އިން 2017 އާއި ހަމައަށް އިންޑިއާގެ ވެރިކަންކުރައްވާފައި ވާއިރު އެ މަނިކުފާނުގެ 51 އަހަރުވީ ސިޔާސީ ހަޔާތްޕުޅުގައި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި ފިނޭންސް، ފޮރިން އަދި ޑިފެންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.

މުކަރްޖީގެ ފިރިހެން ދަރިކަލުން، އަބީޖީތް ވަނީ މި ހަބަރު ޓުވީޓެއް މެދުވެރިކށް ޔަގީންކޮށްދެއްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ ވަނީ ޕްރަނާބް މުކަރްޖީ އެގައުމުގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top