މި އަހަރުގެ ފުރަތަމަ ދެ ހަފްތާގައި 75،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ 14 ވަނަ ދުވަހާއި ހަމައަށް 75،485 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މީހާ ހިސާބުގައި އައި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު، މި އަދަދު އިތުރުވެފައިވާއިރު، މިއީ 20.8 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިިދިޔަ އަހަރު ޖެނުއަރީ 14 އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 62،504 ފަތުރުވެރިންނެވެ.

އެގޮތުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 12،780 ފަތުރުވެރިން
  • އިޓަލީ - 8،624 ފަތުރުވެރިން
  • އިންޑިއާ - 6،996 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 5،968 ފަތުރުވެރިން
  • ޖަރުމަނުވިލާތް - 4،547 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމުތަކަކީ އެމެރިކާ، ފްރާންސް، ކަޒަކިސްތާން، އޮސްޓްރޭލިއާގެ އިތުރުން ސްވިޒަލޭންޑެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،800 ފަތުރުވެރިން އާދެ އެވެ. މިދިޔަ އަހަރުގެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.