ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށް 500ރ. އަށް 70 ޖީބީ ޑޭޓާ ލިބޭ އެޑް އޮންއެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ އެޑް-އޮން އަކީ 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެޑް-އޮން އެކެވެ. އެ އެޑް-އޮން މިހާރުން ފެށިގެން އެކްޓިވޭޓު ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ އެޑް-އޮން ދިރާގުގެ އެޕް މެދުވެރިކޮށް އަދި 343 އަށް ކީވޯޑް 'M500' ކީވޯޑާއި އެކު މެސެޖުކޮށްގެން އެކްޓިވޭޓު ކުރެވޭނެ އެވެ. އެ އެޑް-އޮން އަކީ ޕްރިޕެއިޑް ކޮންމެ ޕްލޭނެއް ބޭނުން ކުރާ ކަސްޓަމަރަކަށް ވެސް ހިޔާރުކުރެވޭނެ އެޑް-އޮންއެކެވެ.

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންގެ ޕްލޭންތަކުގެ ތެރޭގައި "ދިރާގު ކޮމްބޯ ޕްލޭންސް"، "ސަޅި ޕްރިޕެއިޑް ޕްލޭންސް" އަދި "މަމެން" ހިމެނެ އެވެ. މި ޕްލޭންތަކަކީ ކަސްޓަމަރުންނަށް ގިނަ އެލަވަންސްތަކެއް ލިބޭ ގޮތަށް ޑިޒައިން ކޮށްފައިވާ ޕްލޭންތަކެކެވެ.