އިމާދުއްދީން ސްކޫލްގެ ގްރޭޑް 1 ގައި ކިޔަވަމުންދާ 121 ދަރިވަރުން ރެހެންދި މަގުގައި ހުންނަ ވިލާ މާޓަށް ތަޖުރިބާ ހޯދުމުގެ ޒިޔާރަތެއްކޮށްފި އެވެ.

ވިލާ މާޓް ހިންގާ ވިލާ ޓްރޭޑިން އިން ބުނީ މި ޒިޔާރަތަކީ އެ ކުދިން ކިޔަވަމުންދާ ހިސާބު މާއްދާގައި ހިމެނޭ ފިލާވަޅަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެއް ކަމަށެވެ. މި ޒިޔާރަތް ކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 1:30 ގަ އެވެ.

އެގޮތުން، މި ޒިޔާރަތުގައި ދަރިވަރުން ވަނީ ފައިސާގެ މުއާމަލާތްތައް ހިނގާ ގޮތާއި، އިގްތިސާދު ކުރުމުގެ މުހިންމުކަން ބުނެދީފައިވާ ކަމަށް ވިލާ ޓްރޭޑިން އިން ބުނެ އެވެ. މީގެ އިތުރުން ވިޔަފާރީގައި ހިނގާ އެކިއެކި ކަންތަކުގެ މަޢުލޫމާތުވެސް ވާނީ ދަރިވަރުންނާ ހިއްސާކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިމާދުއްދީން ސްކޫލްގެ ގްރޭޑް 1 ގައި ކިޔަވަމުންދާ ދަރިވަރުން ރެހެންދި މަގުގައި ހުންނަ ވިލާ މާޓަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދަނީ. ފޮޓޯ: ވިލާ މާޓް

ވިލާ ޓްރޭޑިން އިން ބުނިގޮތުގައި އިމާދުއްދީން ސުކޫލު ދަރިވަރުންގެ މި ޒިޔާރަތުގައި ވިލާ މާޓުގެ އެކްސްކުލޫސިވް ޕްރޮޑަކްޓްސްތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ފޯރުކޮށްދިނެވެ. އެގޮތުން ވިލާ މާޓުގެ އެކްސްކްލޫސިވް ބްރޭންޑްތައް ކަމަށްވާ އަލްމަރާއީ، ޓޯނީސް ޗޮކޮލެޓް، ޕްލެއިން ސޮލެއިލް ފަދަ ނަން މަޝްހޫރު ބްރޭންޑްތަކާ ބެހޭ މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދިން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަލްމަރާއީ އަކީ މިހާރު ވިލާ މާޓުން ހަލުވިކަމާއެކު ވިކޭ އެންމެ މަގްބޫލު އެއް ބްރޭންޑެވެ. މިއީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އުފެއްދުމެކެވެ.

"މިފަދަ ތަޖުރިބާގެ ޒިޔާރަތްތަކަށް އަބަދުވެސް ވިލާ މާރޓުގެ ދޮރު ވަނީ ހުޅުވާލެވިފަ އެވެ. ސްކޫލުތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުން ވެސް މިފަދަ ހަރާކާތެއް ހިންގަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތުގައި ވާނެ އެއްބަޔަކަށް ވިލާ މާޓު ވުމަކީ ވިލާ މާޓުގެ އެއް އަމާޒެވެ." އެ ކުންފުނިން ބުންޏެވެ.