Advertisement

އުރީދޫ ސުޕަނެޓްގެ ހިދުމަތް ޅ. ނައިފަރަށް

FacebookTwitterWhatsAppTelegramViber

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ޅ. ނައިފަރަށް ތައާރަފްކޮށްފި އެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދުލުވެ، އިންޓަނެޓަށް ބަރޯސާވެފައިވާ މިނަވަރު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުން. އެހެންކަމުން އަޅުގަނޑުމެންގެ މަގްސަދަކީ ފެންވަރު ރަނގަޅު އިންޓަނެޓް ގެ ހިދުމަތް ރާއަޖޭގެ ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުން. އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ޅ. ނައިފަރުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން."

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެ އެވެ. މިގޮތުން، ނައިފަރުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަނެޓްގެ ހިދުމަތް ސުޕަނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top