Advertisement

ރާއްޖެ އަށް ސޭފް ޓޫރިޒަމް ސްޓޭމްޕް ލިބިއްޖެ

FacebookTwitterWhatsAppTelegramViber

ދަތުރުފަތުރު ކުރުން ރައްކާތެރި ގައުމުތަކަށް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެ އަށް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތައް ޑަބްލިއުޓީޓީސީ އިން ބަލައިގެންފައިވާ ކަމަށެވެ. މި ސްޓޭމްޕް ލިބިފައިވަނީ ޑަބްލިއުޓީޓީސީއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަތުރުވެރިންނަށް ރައްކާތެރި، ވަކި ގައިޑްލައިންތަކެއްގެ މަތިން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ގުޅިގެން ކަމަށް ބަޔާނުގައިވެ އެވެ.

ޑަބްލިއުޓީޓީސީ އިން ދޭ "ސްޓޭމްޕް" އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އާއި ހަމައަށް ރާއްޖެއަށް 396،100 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރެއިން 13،253 ފަތުރުވެރިންނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންނެވެ.

މި ސްޓޭމްޕާ އެކު، ރާއްޖެ އިސްތިހާރު ކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top