ހޮރައިޒަން ފިޝަރީޒްގެ ތަފާތު އާ އުފެއްދުން ދަޅުގައި "ޓޫނާ ޕާސްތާ ސޯސް" ބާޒާރަށް ނެރެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ މަސް ކުންފުނި، ހޮރައިޒަން ފިޝަރީޒުން ބުނީ ޓޫނާ ޕާސްތާ ސޯސް ތައާރަފް ކުރި ފަހުން ޖެނުއަރީ 23ން ފެށިގެން އާންމުންނަށް އެ އުފެއްދުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މި "ޓޫނާ ޕާސްތާ ސޯސް" ދަޅެއް ވިއްކަނީ 17ރ. އަށެވެ. އަދި 48 ދަޅުގެ ރީޓެއިލް ކޭހެއްގެ ވިއްކަނީ 795ރ. އަށެވެ. އޭގެ އިތުރުން 48 ދަޅުގެ ހޯލްސޭލް ކޭހެއް ވިއްކަނީ 780ރ. އަށެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ މި "ޓޫނާ ޕާސްތާ ސޯސްއަކީ" ރެޑީމޭޑް ޕްރޮޑަކްޓަކަށްވުމުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ އިސްރާފުކުރުން މަދުވުމަށް މަގުފަހިކޮށްދޭ ކަމަށެވެ.

"އެހެންކަމުން މި ޕްރޮޑަކްޓަކީ ވަޒީފާގައި އުޅޭ ފަރާތްތަކަށާއި، ބިޒީ ޝެޑިއުލްއެއް އޮންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓެވެ. މި ޕްރޮޑަކްޓް ތަޢާރަފު ކުރުމުގެ ޙިޔާލު ލިބުނީ ދިވެހިން ޕާސްތާ ތައްޔާރުކުރާއިރު، ކަނޑުމަހާއިއެކު ޓޮމާޓޯ ސޯސްއާ، ފިޔަލާއި، ގިތެޔޮ މިރުހާއި، ލޮނުމެދާއި ހަރބްސް އަޅައިގެން ތައްޔާރުކުރާތީ،" އެ ކުންފުނިން ބުންޏެވެ.

ހޮރައިޒަން ފިޝަރީޒުން ބުނިގޮތުގައި "ޓޫނާ ޕާސްތާ ސޯސް" ބޭނުންކޮށްގެން ޕާސްތާ ތައްޔާރުކުރުމަށް ނަގަނީ އެންމެ 5 މިނެޓެވެ. އެއީ ޕާސްތާ ކެއްކުމަށް ހެދަވާ ވަގުތެވެ. ކައްކައި ނިމުމުން ސޯސް އެއާއެކު މިކްސް ކޮށްލުމުން ނިމުނީ އެވެ.

ހޮރައިޒަން ފިޝަރީޒުން އަލަށް ނެރުނު ދަޅުގައި ބަންދުކޮށްފައިވާ "ޓޫނާ ޕާސްތާ ސޯސް".

ލ. މާންދޫގައި މަސްދަޅު ބަންދުކޮށް، އާންމުކޮށް ރާއްޖެއިން ބޭރަށް މާކެޓް ކުރާ މިކުންފުނިން، ދަޅުގައި ބަންދުކޮށް ދިވެހި ރަހަތައް އެކުލެވޭ މަހުގެ އެކިވައްތަރުގެ އުފެއްދުންތައް މީގެ ކުރިން ވެސް އީޖާދުކޮށްފައިވެ އެވެ.

ޓޫނާ ޕާސްތާ ސޯސް ލިބޭނީ ޗާންދަނީމަގުގައި ހުންނަ ސީފުޑް ޕްލަސް ފިހާރައިންނެވެ.

ސީފުޑް ޕްލަސް ފިހާރައިގެ ފޯނު ނަންބަރު: 3011572 އަދި ވައިބަ ނަންބަރު 9951572 މެދުވެރިކޮށް އޯޑަކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. ޓޫނާ ޕާސްތާ ސޯސް އަދި މާންދޫ މަސްބްރޭންޑުގެ އެހެން އުފެއްދުންތަކުގެ މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްއިން ލިބޭނެ އެވެ.